09 ސެޕްޓެމްބަރ 2017
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ، މުޅިން އާ ކަންތައްތަކަކާ އެކު މިއަދު ފަށައިފި އެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ، މުޅިން އާ ކަންތައްތަކަކާ އެކު މިއަދު ފަށައިފި އެވެ.
ދަރުބާރުގޭގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ހުޅުވައިދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އެކްސްޕޯ ހުޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ވިޔަފާރިކުރުމުގެ އިތުރުން އިންޑަސްޓްރީ އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފުރުސަތުތަކެއް ލިބޭނެ އެކްސްޕޯއެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދާއިރާ ތަރައްގީ ވާނީ މައްސަލަތަކަށް ހުރިހާ އެންމެން އެއްބަސްވެ، ވާހަކަ ދައްކައިގެން ހައްލު ހޯދީމަ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އަނެއްކާ އިތުރު އާ ފެށުމެކޭ މިއީ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
މެރިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ބްލަކް
މެރިން އެކްސްޕޯ އިންތިޒާމުކުރާ ބްލަކް އިން ބުނީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯގައި މި އަހަރު 24 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.
އެކްސްޕޯގައި މުޅިން އަލަށް ފެންނާނެ ކަންތައްތަކުގެ ތެރޭގައި، ކޮންމެ ދުވަހަކު ނަގާ ޑެއިލީ ލަކީޑްރޯ އާއި ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީޗްތައް ހިމެނެ އެވެ. އަދި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން މި އެކްސްޕޯގައި ކުރެހުމުގެ މުބާރާތެއް ބާއްވަ އެވެ.
ފެނު އަޑީގައި ތަޖުރިބާ ކުރެވޭ ގޮތަށް ވާޗުއަލް ރިއަލިޓީ ޒޯނެއް ވެސް އެކްސްޕޯގައި ކުރިއަށް ގެންދާނެ އެވެ. ބްލަކް އިން ބުނީ މިއީ ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
އޮންލައިން މީޑިއާ ޕާޓްނަރުކަން "މިހާރު" ން ނަގާފައިވާ މެރިން އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓާއި އެމްޓީސީސީ އެވެ. ކޯސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.
މި އަހަރުގެ އެކްސްޕޯގައި ފިޝަމެންސް އެސޯސިއޭޝަނާއި މެރިން ރިސާޗް ސެންޓަރާއި މެރިން ޕޮލިހާއި އޯޝަންހޯލިކާއި އެންވަޔަރުމެންޓް މިނިސްޓްރީ އަދި ސޭވް ދަ ބީޗާއި ވިލާ ކޮލެޖްގެ އިތުރުން ބްލޫ މެރިން ފައުންޑޭޝަނުން ބައިވެރިވެ އެވެ. އަދި ބޭރުގެ މަޝްހޫރު އަންޑަވޯޓާ ފޮޓޯގްރާފަރުން ކަމަށްވާ ޓާރާ ޖެއިން އާއި ބުޝާން ބަގަޑިއާގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ ޕަޑީ ކޯސް ޑައިރެކްޓްރޭޓް ކޯސް ހެދި މަޝްހޫރު ޑައިވަރު ހުސައިން ރަޝީދު (ސޭންޑީ) ބައިވެރިވާނެ އެވެ.
ފޯރިގަދަ ފެޝަން ޝޯއަކާ އެކު މެރިން އެކްސްޕޯ ނިމިއްޖެ
މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި
ބޭންކުތަކުން ސަފާރީތަކަށް ލޯނު ލިބެން ޖެހޭ: ފައްޔާޒު
މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކުރުމުގެ ފުރުސަތު!
މެރިން އެކްސްޕޯއަށް އައި ބަދަލާއެކު އަޖައިބުވެއްޖެ!
ތަފާތުތަކާއެކު މެރިން އެކްސްޕޯ ހޮނިހިރު ދުވަހު ފަށަނީ
މެރިން އެކްސްޕޯގައި ކުރެހުމުގެ މުބާރާތެއް ބާއްވަނީ
ސަފާރީތަކުން ކުނި އަޅާތީ އެކަން ހައްލުކޮށްދޭން އެދެފި
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ތަނެއް!