29 އޯގަސްޓް 2017
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގައި ކުރެހުމުގެ މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގައި ކުރެހުމުގެ މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.
މެރިން އެކްސްޕޯ ހިންގާ ބްލަކް އިން ބުނިގޮތުގައި އާޓް ކޮންޕެޓިޝަން ބާއްވަނީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެންނެވެ. ކޮންޕެޓިޝަން އޮންނާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12-16 އަހަރާއި ދެމެދު އަދި 16 އަހަރުން މަތީގެ ކެޓަގަރީގެ އިތުރުން ޕްރޮފެޝަނަލް ކެޓަގަރީ އެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް ހޮވޭ އެންމެ މޮޅު ތިން ކުރެހުމަށް ފައިސާގެ އިނާމު ދޭނެ އެވެ.
"މިއީ މެރިން އެކްސްޕޯގައި ކުރިއަށް ގެންދާ ފުރަތަމަ އާޓް ކޮންޕެޓިޝަން. ކޮންޕެޓިޝަންގެ ތީމަކީ ފިއުޗާ އޮފް އެނާޖީ އިން ދަ މޯލްޑިވްސް، ކްލީނާ، ބްލްއާ އެންޑް އޯޝަން ލައިފް،" ބްލަކްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.
މެރިން އެކްސްޕޯގެ ސްޕޮންސަރުން އިއުލާނު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ސެޕްޓެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ޖިނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ފޮޓޯގްރަފީ، ޑިޖިޓަލް އާޓް، އިލާސްޓްރޭޝަންގެ އިތުރުން ޕެއިންޓިން، ކޮލާޖް އަދި ޑްރޮވިންސް ހުށަހެޅޭނެ ކަމަށެވެ. ޑިޖިޓަލް އާޓެއް ނުވަތަ ފޮޓޯއެއް ހުށަހަޅާނަމަ ޕްރިންޓްގެ އިތުރުން ސޮފްޓް ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައިވެރިކުރާ ހުރިހާ އާޓެއް ވެސް އަޅުގަނޑުމެން އެކްސްޕޯގައި ޑިސްޕްލޭ ކުރާނެ،" ޖިނާހް ވިދާޅުވި އެވެ.
މެރިން އެކްސްޕޯ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ން 11 އަށް ދަރުބާރުގޭގަ އެވެ.
ބޭންކުތަކުން ސަފާރީތަކަށް ލޯނު ލިބެން ޖެހޭ: ފައްޔާޒު
ފޯރިގަދަ ފެޝަން ޝޯއަކާ އެކު މެރިން އެކްސްޕޯ ނިމިއްޖެ
މުޅިން އާ ކަންތައްތަކާ އެކު މެރިން އެކްސްޕޯ ފަށައިފި
ތަފާތުތަކާއެކު މެރިން އެކްސްޕޯ ހޮނިހިރު ދުވަހު ފަށަނީ
މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި
"އެޑެކްސް"ގެ ރާއްޖޭގެ އެޑިޝަން އަންނަ އަހަރު ބާއްވަނީ
ރާއްޖެ އަށް މުޅިން އާ ޕޮންޓޫން ބޯޓު މާކެޓަށް ނެރެފި
މެރިން އެކްސްޕޯގެ ލުބްރިކަންޓް ޕާޓްނަރަކަށް ވިލާ ހަކަތަ
ހަތް ވަނަ މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި
މެރިން އެކްސްޕޯގައި ވިލާ ހަކަތައިގެ އުފެއްދުންތައް