27 ސެޕްޓެމްބަރ 2016
ސަފާރީތަކުން މޫދަށް ކުނި އެޅުން އާންމު ކަމަކަށް ވެފައިވާތީ އެކަން ހައްލުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް މިއަދު ގޮވާލައްވައިފި އެވެ.
ސަފާރީތަކުން މޫދަށް ކުނި އެޅުން އާންމު ކަމަކަށް ވެފައިވާތީ އެކަން ހައްލުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް މިއަދު ގޮވާލައްވައިފި އެވެ.
"މޯލްޑިވްސް މެރިން އެކްސްޕޯ 2016" ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމް ކުރިއަރުވާ ނަމަ، ތިމާވެށި ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ: ސަފާރީތަކުން މޫދަށް ކުނި އެޅުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
ކުނީގެ މައްސަލައަކީ ރާއްޖެ އަށް ދިމާވެފައި އޮތް ބޮޑު މައްސަލައަކަށްވުމުން ސަފާރީތަކުން ރައްކާތެރި ގޮތުގައި ކުނި އުކާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިވަބޯޑުން އިސް ނަގައިގެން ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަވާ، ސަރުކާރުން މިތިބީ ތިޔަބޭފުޅުންނާ އެކު މިކަމުގައި މަސައްކަތް ކުރަން،" ތޯރިގް ވިދާޅުވި އެވެ.
ގިނަ ބަޔަކު ބައިވެރިވެގެން ނޫނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ނުކުރެވޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އިގްތިސާދު ފުޅާކޮށް، ތިމާވެށި ސާފުތާހިރު ކަމާއެކު ބޭއްވުމަށް ސަފާރީތައް އޮޕަރޭޓް ކުރާ ފަރާތްތަކާ ގުޅިގެން ލިވަބޯޑުން ވެސް އިސް ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.
މެރިން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. މި ރަސްމިއްޔާތުގައި ގިނަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު
މިނިސްޓަރު ވަނީ ހުޅުމާލެ ފަޅު ތެރެއިން ގިނަ އަދަދެއްގެ ކުނި ފެނިފައިވާތީ އެކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކު އެޅި ކުންޏެއް ކަން މިނިސްޓަރު ފާހަގަ ނުކުރެއްވިޔަސް، އެ ކުންޏަކީ ހުޅުމާލޭގައި އުޅޭ މީހުން އެޅި ކުނި ނޫން ކަމަށް ތޯރިގް ވިދާޅުވި އެވެ.
ހުޅުމާލެ އާއި ބައެއް ރަށްރަށުގެ ފަޅު ތެރޭގައި ގިނަ އަދަދެއްގެ ކުނި ހުންނާތީ ރަށް ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެއީ ސަފާރީތަކުން އުކާލާ ކުންޏެވެ.
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ތަނެއް!
ހުޅުމާލެއަށް ބައިކް ޝެއަރިން ތައާރަފުކުރަނީ
ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ
މި އަހަރުގެ ކޮޕް ސަމިޓަށް ރާއްޖެއިން ތައްޔާރުވަނީ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ: ތޯރިގް
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
"ސިޑްސްގައި ރައީސުން ބައިވެރިނުވެ އޮތުމަކީ ދެރައެއް"
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ