10 ސެޕްޓެމްބަރ 2017
ގާނޫނީ ވަކީލުންތަކެއްގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލަށް ގާނޫނުއަސާސީގެ ބޮޑު ކޮޕީއެއް މިއަދު އަރުވައިފި އެވެ.
ގާނޫނީ ވަކީލުންތަކެއްގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލަށް ގާނޫނުއަސާސީގެ ބޮޑު ކޮޕީއެއް މިއަދު އަރުވައިފި އެވެ.
ގާނޫނީ ދާއިރާގައި ހުރި މައްސަލަތަކާ ދެކޮޅަށް ވަކީލުންތަކެއް މިހާރު ހިންގަމުންދާ ހަރަކާތުގެ ދަށުން އޭޖީ އަނިލަށް ވަކީލުންގެ ފަރާތުން އޭޖީ އޮފީހާ ހަވާލުކުރީ ކުލަކޮށް ޕްރިންޓްކޮށްފައިވާ ގާނޫނުއަސާސީގެ ބޮޑު ކޮޕީއެކެވެ. އެ ކޮޕީގެ އިތުރުން ވަކީލުން ތައްޔާރު ކޮށްފައިވާ ޕެޓިޝަނެއް ވެސް ވަކީލުންގެ ފަރާތުން ވަނީ އޭޖީ އޮފީހާ ހަވާލުކޮށްފަ އެވެ.
އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ "ބޮޑު" އަދި "ފުޅާ" ގާނޫނުއަސާސީއެއް އޭޖީ އަނިލާ ހަވާލުކުރީ ގާނޫނު އަސާސީގެ ބައެއް މާއްދާތައް ބައެއް ބޭފުޅުންނަށް މިިހާރު ނުފެންނާތީ ކަމަށެވެ. އެހެން މުއައްސަސާއަކުން ވެސް އެފަދަ ބޮޑު ގާނޫނީއަސާސީއެއް ބޭނުންވާ ނަމަ އެ ހަރަކާތުގެ ދަށުން ހިލޭ ހަދިޔާކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އޭގެން އެއްވެސް މާއްދާއެއް އުނިވެފައެއް ނޯންނާނެ. ހުރިހާ މާއްދާއެއް ހަމަތޯ އަޅުގަނޑުމެން ޔަގީން ކުރިން. ބައެއް ބޭފުޅުން ގާނޫނުއަސާސީ ބެއްލެވުމުގައި ބައެއް މާއްދާތައް ފެނިވަޑައިނުގަންނަވާ ކަމަށް ހީވާތީވެ، ގައިމު ވެސް ފެނިވަޑައިގަންނަވާ ސައިޒުގައި ގާނޫނުއަސާސީ މި ހަދިޔާކުރީ،" ސުއޫދު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުންގެ ފަރާތުން މިހާރު ހިިންގާ ހަރަކާތުގެ ދަށުން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ޕެޓިޝަން އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
އިސްތިއުފާ ދިނީ ގާނޫނު ހިމާޔަތްނުކުރެވޭތީ: ޝުނާނާ
ބަންޑާރަ ނައިބާ ދެކޮޅަށް ހެދި ޕެޓިޝަނެއް ހުއްޓުވައިފި
އަނިލްގެ ކިބައިން ވަކީލެއްގެ ޝަރުތު ގެއްލިއްޖެ: ސުއޫދު
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ
ޕަބްލިކް ޑިފެންޑާސް އޮފީސް: ބޭނުންތެރި ކަމެއް
ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ