Roadha Mihaaru
ފާޑުކިޔުންތަކަށް ޖަވާބު ދޭނެ ވަގުތެއް ނެތް: ވެންގާ

ފާޑުކިޔުންތަކަށް ޖަވާބު ދޭނެ ވަގުތެއް ނެތް: ވެންގާ

18 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 18) - މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އާސެނަލުން ދެއްކި ކުޅުމަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށާއި އޭގެ އަށް ޖަވާބުދޭނެ ވަގުތެއް ނެތް ކަމަށާއި ބޭނުންވަނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 18) - މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އާސެނަލުން ދެއްކި ކުޅުމަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށާއި އޭގެ އަށް ޖަވާބުދޭނެ ވަގުތެއް ނެތް ކަމަށާއި ބޭނުންވަނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ރަށުންބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވިއިރު، މިއީ 2005 ވަނަ އަހަރަށް ފަހު ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗަކުން އާސެނަލް ކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗު ޗެލްސީން ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި ޑޭވިޑް ލުއިޒަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗަށް ފަހު ވެންގާ ބުނީ ލީގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވި މެޗަށް ފަހު އާސެނަލަށް ލިބުނު މާޔޫސްކަން ހަނދާން ނައްތާލަން ޗެލްސީ މެޗުގެ ނަތީޖާ މުހިއްމު ކަމަށެވެ.

"އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު މެޗުން (ލިވަޕޫލް މެޗު) ބޮޑު ބައްޔެއް ވެފައި އޮތުމުން ވަރަށް ގިނަ ބަަޔަކަށް ހީވި މި މެޗުގައި ވެސް އެކަން ތަކުރާރުވާނެހެން. އެކަމަކު އަހަރެމެން އެކަން ކަމަށް ތައްޔާރުވެގެން ހުރި މިންވަރު ފެނިއްޖެ. މިއީ ކުރިން މެޗުގެ ނަތީޖާ ހަނދާން ނައްތާލަން ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ދެކެނީ،" ވެންގާ ބުންޏެވެ.

މިދިޔަ ސީޒަނަށް ފަހު ވެންގާ އާސެނަލް ކޯޗުގެ މަގާމުގައި ނުހުންނާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ އޭނާ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދީފަ އެވެ.

"އަހަރެން މީގެ ކުރިން ފާޑުކިޔުންތަކަށް ޖަވާބު ދިނިން. އެކަމަކު މިހާރު އެއީ ބޭނުން ކަމެއް ކަމަށް ނުދެކެން. ވިސްނުން ހުރީ އާސެނަލް ގޮވައިގެން ކުރިއަށްދާން،" ވެންގާ ބުންޏެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޖެހިޖެހިގެން ތިން މެޗުގައި އާސެނަލާ ދެކޮޅަށް 10 ކުޅުންތެރިންނާ އެކު ނިންމާލަން ޖެހުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އަހަރެން ރެފްރީންނަށް ވަރަށް އިހުތިރާމް ކުރަން. އެކަމަކު ހައިރާންވާ އެއް ކަމެއް އެބައޮތް. އެއީ ޖެހިޖެހިގެން ތިން ވަަނަ މެޗު މިއީ އާސެނަލާ ދެކޮޅަށް އަހަރެމެން 10 ކުޅުންތެރިންނާ އެކު ނިންމާލި. މިއީ ވިސްނަން ޖެހޭ ކަމެއް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ލުއިޒްގެ ރަތް ކާޑާ މެދު ރެފްރީ މައިކަލް އޮލިވާ ނިންމާފައިވާ ރަނގަޅު ނިންމުމެއް ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުންނާއި ކުރިން ވެދިޔަ ކަންތައްތަކުގައި ރެފްރީ އަތުން މެޗުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ.