Roadha Mihaaru
އެތުލެޓިކޯ އަށް ކޮސްޓާ ވިއްކާލަން ޗެލްސީން ނިންމައިފި

އެތުލެޓިކޯ އަށް ކޮސްޓާ ވިއްކާލަން ޗެލްސީން ނިންމައިފި

21 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 21) - ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ އެވެ.

ލަންޑަން (ސެޕްޓެމްބަރު 21) - ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ އެވެ.

ޗެލްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮސްްޓާ އެތުލެޓިކޯ އަށް ވިއްކާލަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އޭނާ ވަރަށް އަަވަހަށް އެތުލެޓިކޯގެ މެޑިކަލްގައި ބައިވެރިވާނެ ކަމަށެވެ.

ޗެލްސީން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެސްއެމްއެސް އަށް ފޮނުވައިފާ ކަމަށް ކޮސްޓާ ބުނެ އެވެ. އެއާ އެކު ކޮސްޓާ ބޭނުންވީ ކުރީގެ ކްލަބް ކަމަށްވާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާށެވެ. އެކަމަކު ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން އެ ކްލަބަށް އެންމެ އަވަހަށް ވެސް ކުޅުންތެރިއަކު ރަޖިސްޓްރީކުރެވޭނީ އަންނަ ޖެނުއަރީ މަހު ކަމަށްވާތީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ކޮސްޓާ އެ ޓީމަށް ނުގެންދިޔަ އެވެ. ކޮސްޓާ އެތުލެޓިކޯއާ ގުޅޭނީ އަންނަ ޖެނުއަރީގަ އެވެ.

މީގެ ތިން އަހަރު ކުރިން އެތުލެޓިކޯ އިން ބްރެޒިލަށް އުފަން ކޮސްޓާ ޗެލްސީ އަށް ވިއްކާލީ 32 މިލިއަން ޕައުންޑަށެވެ. ކޮސްޓާ ވަނީ އެ ފަހުން ޗެލްސީ އަށް ކުޅެދިން 120 މެޗުން އެ ޓީމަށް 58 ލަނޑު ޖަހައިދީފަ އެވެ. ސްކައިސްޕޯޓްސް ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯ އިން ކޮސްޓާ އަލުން ގެންނަން އެއްބަސްވީ 50 މިލިއަން ޕައުންޑަށެވެ.

ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފުރަތަމަ ކޮސްޓާ އަށް އެންގުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަަދައިފަ އެވެ. އެހެން ނަމަވެސް ފަހުން މަޝްވަރާތަކަށް ފަހު ޗެލްސީން އޭނާ ވިއްކާލަން އެއްބަސްވުމުން ކޮސްޓާ ވަނީ މިދިޔަ މަހު އަމިއްލަ އަށް ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދަން ފަށައިފަ އެވެ. އަދި ޗެލްސީން ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ސްކޮޑުގައި ކޮސްޓާގެ ނަން ހިމަނައިފަ އެވެ.

އުމުރުން 28 އަހަރުގެ ކޮސްޓާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި މެސެޑޯނިއާ އާއި ސްޕެއިން ކުޅުނު މެޗުގަ އެވެ.