Roadha Mihaaru
ރޫމީ، ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ބަދަލެއްގެންނަނީ!

ރޫމީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބަދަލު ކޮށްލުމަށް އަމާޒުހިފައިފި!

24 ސެޕްޓެމްބަރ 2017

ރިސޯޓް، ހޮޓާ ނުވަތަ ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުންނާ އެ ތަންތަނާ އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރަން ބޭނުންވާ ފަރާތްތަކަށް މި އޮތީ ހައްލެކެވެ. ގުޅުން ބަދަހި ކުރުމުގެ ތެރެއިން، ގެސްޓުންގެ މުނިފޫހި ފިލުވުމަށް ވެސް މީގެ ތެރެއިން ލުއި ފަސޭހަކަމެއް ލިބިގެން ދާނެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރިސޯޓް، ހޮޓާ ނުވަތަ ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުންނާ އެ ތަންތަނާ އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރަން ބޭނުންވާ ފަރާތްތަކަށް މި އޮތީ ހައްލެކެވެ. ގުޅުން ބަދަހި ކުރުމުގެ ތެރެއިން، ގެސްޓުންގެ މުނިފޫހި ފިލުވުމަށް ވެސް މީގެ ތެރެއިން ލުއި ފަސޭހަކަމެއް ލިބިގެން ދާނެ އެވެ.

މި ދައްކަނީ މެލޭޝިޔާ، ތައިލޭންޑް، އެމެރިކާ އަދި ކެނެޑާގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ "ރޫމީ"ގެ ވާހަކަ އެވެ. މިއަދު ރޫމީ މި ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބަދަލު ކޮށްލުމަށް އަމާޒު ހިފާފަ އެވެ.

ގެސްޓުން ހޮޓަލަށް ވަންނަ ހިސާބުން ފެށިގެން ރޫމީގެ މަސައްކަތް ފެށުނީ އެވެ. ގެސްޓުންގެ މުނިފޫހި ފިލުވުމުގެ މަސައްކަތްތަކާއި، ގެސްޓުންނަށް ދޭން ބޭނުންވާ މައުލޫމާތު ފޯރުވައިދިނުމާއި، ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ގެސްޓުންގެ ހިޔާލުތައް ވެސް ރޫމީ ހޯދާނެ އެވެ.

"އަޅުގަނޑުމެން އަމިއްލަ ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމަކާއި އެކު އެޕްލިކޭޝަން އިންނާނީ. ޓީވީ އާއި ފޯނާއި ޓެބްލެޓް ނުވަތަ ކޮމްޕިއުޓާ އަދި ލެޕްޓޮޕުން ވެސް އެންމެ ފަހުގެ މަޝްހޫރު ފިލްމުތައް ބެލޭނެ،" ރޫމީގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް، ބިޒްނަސް އެންޑް ޕާޓްނާޝިޕް ފިތްރާ އަޒީޒް ވިދާޅުވި އެވެ.

ޕެރަޑައިސް އައިލެންޑްގައި ހުރެ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފިތްރާ ވިދާޅުވީ، ގެސްޓުން ބޭނުންވާ ހުރިހާ ހިދުމަތެއް ވެސް މި އެޕްލިކޭޝަން ތެރޭން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ރޫމް ސާވިސް ނުވަތަ ރޫމަށް އެއްޗެއް އޯޑަރު ކުރަން ބޭނުންވި ނަމަ، އެކަން ވެސް އެޕްލިކޭޝަން ތެރޭން ކުރެވޭނެ އެވެ.

"މިހާރު މިޖެހެނީ ރޫމަށް ކާއެއްޗެއް ގެންނަން ބޭނުންވާއިރަށް ގުޅާފަ ބުނަން. އަޅުގަނޑުމެންގެ އެޕުން އޮންލައިންކޮށް އެ ހިދުމަތްތަކަށް ރިކުއެސްޓް ކުރެވޭނެ،" ފިތްރާ ވިދާޅުވި އެވެ.

ރޫމީގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް، ސާވިސަސް އެލްވިން ލީ ވިދާޅުވީ، ގެސްޓުންނަށް ލިބޭ ލުއިތަކުގެ އިތުރުން، ހޮޓާ ތަކަށް ވެސް މި އެޕްގެ ތެރެއިން ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ޕްރިންޓް ކޮށްގެން ގެސްޓުންނަށް ފޯރުކޮށްދޭ މައުލޫމާތުތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް މި އެޕްލިކޭޝަނުން ވަނީ މަގުފަހިކޮށްދީފަ އެވެ.

"ރޫމީގެ ސަބަބުން ހޮޓާތަކަށް ވަރަށް ބޮޑަށް ހަރަދު ކުޑަ ކުރެވޭނެ. ޓެކްނިކަލް އަދި މެއިންޓަނަންސް ހަރަދުތަކުން ފެށިގެން ގޮސް އޮޕަރޭޝަނަލް ހަރަދުތައް ވެސް ކުޑަ ކުރެވިދާނެ،" އެލްވިން ވިދާޅުވި އެވެ.

"މިސާލަކަށް ގެސްޓުންނަށް ހާއްސަ ޕްރޮމޯޝަނެއް ކަހަލަ ކަމެއް ހިންގާ ނަމަ މިހާރު ވަކިވަކިން ކޮންމެ ރޫމަކަށް އަންގަން ޖެހޭނީ. އެކަމަށް ވަރަށް ވަގުތު އެބަ ބޭކާރުވޭ. ރޫމީ ބޭނުން ކުރަންޏާ އެކަންކަން އެންމެ ކްލިކަކުން ނިންމާލެވޭނެ. ހޮޓަލުން މެސެޖް ޕޯސްޓްކޮށްލާއިރު، ގެސްޓުންނަށް އެ މައުލޫމާތުތައް އޮންނާނީ ލިބިފައި،"

އެލްވިން ވިދާޅުވީ ގެސްޓަކު ހާއްސަ ކަމެއް ބޭނުން ވެއްޖެ ނަމަ އެކަމަކަށް ރިކުއެސްޓް ކުރުމަށް ވެސް ރޫމީ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ހިދުމަތްތަކާ ގުޅޭ ގޮތުން ގެސްޓުންގެ ހިޔާލު ހޯދުމަށް ވެސް މި އެޕް ބޭނުން ކުރެވޭނެ އެވެ.

ރާއްޖެ އަށް ރޫމީ ގެނައީ ޓޫރިޒަމް އިންޑަސްޓްރީ އަށް މިފަދަ "ސްމާޓް ސޮލިއުޝަން"ތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ވިން ސޮލިއުޝަންސް އިންނެވެ.

"އަޅުގަނޑުމެން މި ޗާޖު ކުރަނީ ކޮންމެ ރޫމަކުން، ކޮންމެ މަހަކަށް ހަތަރު ޑޮލަރު. އޭރުން ރޫމީގެ ހިދުމަތް އެ ހޮޓަލަކަށް، ރިސޯޓަކަށް ނުވަތަ ގެސްޓް ހައުސް އަކަށް ފޯރުކޮށްދޭނެ،" އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ނަސީމް ވިދާޅުވި އެވެ.

ރޫމީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން، ވިން ސޮލިއުޝަނާއި ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން އެ ކުންފުނީގެ ނަންބަރު 7776782 އަށް ނުވަތަ [email protected] އަށް މެއިލް ކުރުމުން އެ ހިދުމަތް ހޯއްދެވޭނެ އެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް roomie.my/mv އިން ވެސް ލިބޭނެ އެވެ.