Roadha Mihaaru
މަސްތުވާތަކެެއްޗާ އެކު ޕާކިސްތާން މީހަކު އަތުލައިގެންފި

މަސްތުވާތަކެއްޗާ އެކު ޕާކިސްތާނު މީހަކު އަތުލައިގެންފި

24 ސެޕްޓެމްބަރ 2017

ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އެތަކެއްޗާ އެކު އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އެތަކެއްޗާ އެކު އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ޕާކިސްތާންގެ 31 އަހަރުގެ މީހާގެ އަތުން 640 ގްރާމްގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އެ ތަކެތި ފެނިފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝަައްކު ކުރެވިގެން އޭނާ ޗެކް ކުރަނިކޮށް ގެންގުޅުނު ޓްރޮލީ ބޭގެއްގެ ތިން ފުރޮޅުގެ ތެރޭގައި ފޮރުވާގައި ހުއްޓައި ކަމަށް ކަސްޓަމުން ބުންޏެވެ.

މި ފަހަކަށް އައިސް ރާއްޖެ އަންނަ ބިދޭސީން މަސްތުވާތަކެއްޗާ އެކު އަތުލައިގަތުން ވަނީ އިތުރުވެފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވައިގެ މަގުން އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރި 10 ބިދޭސީއަކު ވެސް އަތުލައިގަތެވެ.