Roadha Mihaaru
ރައީސް ޔާމީން ތިން ރަށަކަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ގއ. އަތޮޅުގެ ތިން ރަށަކަށް ފުރާވަޑައިގެންފި

25 ސެޕްޓެމްބަރ 2017

ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ކޫއްޑު އަށް ވަޑައިގެން، އެ ރަށުގައި ބޮޑެތި ބޯޓުފަހަރު ޖެއްސޭ ފެންވަރަށް ތަރައްގީ ކުރި އެއާޕޯޓު އަލުން ހުޅުއްވައި ދެއްވާނެ އެވެ.

މީގެއިތުރުން އެ ރަށުގައި 68 ވިލާ ހިމެނޭ ގޮތަށް ހެދި ރިސޯޓުމާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް ރައީސް އިފްތިތާހު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އަދި މާދަމާ ހެނދުނު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނި ގޮތުގައި ރައީސްގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާދަމާ ހަވީރު ވަޑައިގަންނަވާނީ ވިލިގިއްޔަށެވެ. އެ ރަށަށް ވަޑައިގަންނަވަނީ މިސްކިތެއް ހުޅުއްވައި ދެއްވުމަށެވެ.