Roadha Mihaaru
ހިންމަފުށީގައި މީހަކު މަރުވި މައްސަލާގައި ދައުވާކުރަނީ

ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަނީ

26 ސެޕްޓެމްބަރ 2017

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވީ ކޮން ދެ މީހެއްގެ މައްޗަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ހިންމަފުށީގައި މަރުވި އުމުރުން 38 އަހަރުގެ ބަނގްލަދޭޝް މީހާގެ މަރާ ގުޅިގެން، އެ ރަށުގައި ހުންނަ ލައިފް ފެން ޕްލާންޓްގެ މެނޭޖަރު ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހާ ހައްޔަރުކުރީ، ފުލުހުންގެ ޔުނިފޯމް ނުލައި ތިބި ފުލުހުން ކަމަށް ވާތީ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލަން ކޯޓުން އެންގީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ޚިލާފަށް އޭނާ ހައްޔަރު ކޮށްފައިވާތީ އެވެ.

ބިދޭސީ މީހާގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެރަށު ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.

މަރުވި ބަނގްލަދޭޝް މީހާ ވަނީ ގަލޮޅު މޯޗަރީގައި ބޭއްވުމަށް ފަހު، މިހާރު އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.