މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.
31 ޑިސެމްބަރ 2019
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.
މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. މިއީ، ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން، އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދިފައިވެ އެވެ. އެކަމަކު ތިން މައްސަލައިގައި ވެސް ދައުވާކޮށް ނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ކޮމިޝަނުން ހުށަހެޅި ތިން މައްސަލައިގައި ދައުވާ ކުރަން ބެލިއިރު، ތަހުގީގު ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެނިފައިވާ ކަމަށެވެ.
"މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށްޓަކައި ވަނީ އަނބުރާ ފޮނުވާލާފައި،" ޝަފީއު ވިދާޅުވި އެވެ.
ތަހުގީގު ފުރިހަމަ ކުރަން ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލަ އެވެ. ޝަހީމްގެ މައްޗަށް ދައުވާކޮށް ނުދިނީ، ޕީޖީން އެދުނީ، އެނގިފައިވާ ގޮތުގައި ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު
މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލި އިރު އެ ކޮމިޝަންގެ ތަހުގީގުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަފްރާޝީމާއި އާއި ނޫސްވެރިޔާ ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކުރި އިރު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅައިފައެއް ނުވެ އެވެ. އެކަމަކު އެ މަރުތަކުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނާއި އެ މީހުންގެ ދައުރު ވެސް ރިޕޯޓްތަކުގައި ހާމަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވެފައި ވަނީ، މަރު ކޮމިޝަންގެ ރިޕޯޓްތަކާ ގުޅޭ ގޮތުން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅޭވަރުގެ ހެއްކެއް ނެތް ކަމަށެވެ. ދެ ބޭފުޅުން މި ވާހަކަ މިގޮތަށް ވިދާޅުވަނީ ރިޕޯޓްތަކާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ މެމްބަރުންނާ އެކު ކަމާ ބެހޭ އިދާރާތަކުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރަކު ދެއްކެވި ވާހަކައަކާ ހަވާލާ ދެއްވަ އެވެ.
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ނައީމާގެ މަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ލިޓަން މަރާލިކަމުގެ ދައުވާ ނިޒާމްގެ މައްޗަށް ކުރަނީ
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވަނީ
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން