Roadha Mihaaru
ގާސިމްގެ މަރު: ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފި

ގާސިމްގެ މަރުގެ ތަހުގީގު ނިންމުމުގެ މުއްދަތު ޕީޖީން އިތުރުކޮށްދީފި

19 ޖެނުއަރީ 2020

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރައިލި މައްސަލައިގެ ތަހުގީގު ނިންމަންޖެހޭ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިތުރުކޮށް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރައިލި މައްސަލައިގެ ތަހުގީގު ނިންމަންޖެހޭ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިތުރުކޮށް ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް، ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު 21، އެވެ. ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދެވުނު ކަމަށް ބުނެ ތަހުގީގުގައި އަދުހަމް ވަނީ ކުށަށް އެއްބަސްވެފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ތަހުގީގު ނިންމައި، އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ އެވެ. އެކަމަކު، ޖިނާއި ބޮޑެތި މައްސަލަތަކުގައި ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް، ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު އެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލަށް އޮވެ އެވެ.

އަދުހަމްގެ ބަންދު މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް ވާތީ 30 ދުވަހުގެ މުއްދަތު މާދަމާ އަށް ހަމަވެ އެވެ. ނަމަވެސް، އެ ތަހުގީގު ނިންމުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް މިހާރު އިތުރުކޮށްދީފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ތަހުގީގު ނިންމައި، އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ އެވެ. އެކަމަކު، ޖިނާއި ބޮޑެތި މައްސަލަތަކުގައި ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް، ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު އެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލަށް އޮވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް ކުށަށް އިއުތިރާފް ވިޔަސް، އިތުރު ހެކި އޭނާއާ ދެކޮޅަށް ހޯދާނެ ކަމަށާއި މުޅި މައްސަލަ ބިނާކުރީ އިއުތިރާފްގެ މައްްޗަށް ނޫން ކަމަށެވެ. އަދި ތަހުގީގު އަވަހަށް ނިންމަން މަސައްކަތް ކުރާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކުށުގެ ރެކޯޑް އޮންނަ އަދުހަމް ފޭރެން އުޅުމުގެ ތެރޭގައި ގާސިމް މަރުވީ އޭނާ ހަޅޭއްލަވަން ފެށުމުން އޭނާގެ ކަރަށް ވަޅި ހެރިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އާއި އެވަގުތު އަދުހަމް ލައިގެން ހުރި އަންނައުނު ފުލުހުން ހޯދާފައިވާއިރު، ވަޅިން ގާސިމްގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.