Roadha Mihaaru
"ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރަނީ

"ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރަނީ

27 ސެޕްޓެމްބަރ 2017

މި އަހަރު އަޅުވާ ހަތް ވަނަ ފިލްމް "ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އަޅުވާ ހަތް ވަނަ ފިލްމް "ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓްކޮށްފައިވާ ފިލްމް އޮލިމަޕާއި ޝްވެކް ސިނަމާގައި ވެސް ދައްކާނެ އެވެ. ފިލްމްގެ ޓިކެޓް އަންނަނީ މި މަހުގެ 15 އިން ފެށިގެން ވިއްކަމުންނެވެ.

މިއީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގައި ލީޑް ރޯލް ކުޅެފައި ވަނީ ފިލްމަކުން އަލަށް ފެންނަ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ) އަދި އާރިފާ އިބްރާހީމް ފަދަ އެކްޓަރުން ފެނިގެން ދާނެ އެވެ.

މާއެބޫ ބުނި ގޮތުގައި އއ. ތޮއްޑު އާއި މާލޭގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ އޭނާ މިހާތަނަށް ހެދި އެންމެ ފުރިހަމަ ފިލްމަށް ވާނެ އެވެ. އަދި މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ހުރިހާ ރަހައެއް އެކުލެވޭނެ އަހަރުގެ އެންމެ ރަނގަޅު އެއް ފިލްމަށް ވާނެ ކަމަށް ވެސް ބުންޏެވެ.

"ނޭދެން ވަކިވާކަށް" ގެ ޓްރެއިލާއެއް.

އެމްއީ ޕްރޮޑަކްޝަނުން އުފައްދާފައިވާ "ނޭދެން ވަކިވާކަށް" މިރޭ ޕްރިމިއާ ކުރުމަށް ފަހު، ފިލްމް ވީހާ ގިނަ ރަށްރަށުގައި ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން ސިނަމާގައި ދައްކާފައި ވަނީ ރެޑް ޕްރޮޑަކްޝަންގެ "ހައްދު" އެވެ.