Roadha Mihaaru
ކުއްލި ދެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ކުއްލި ދެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

29 ސެޕްޓެމްބަރ 2017

ހުޅުމާލޭގައި ރޭ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ރޭ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ، އެ މީހުން ތިބި ތަނުން ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި އުފަން ދުވަހުގެ ޕާޓީއެއް ބާއްވަން އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނި ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ މީހަކު ފަރުވާ އަށް ފަހު ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމަކު މަރުވި ދެ ކުދިންގެ ހަށިގަނޑު އަދިވެސް ހުޅުމާލޭ ހޮސްޕިޓަލްގައި އޮތްއިރު ފުލުހުން އެކަން ތަހުގީގް ކުރަމުން އަންނަ ކަމަށް އާސަންދައިން ބުންޏެވެ.

ރޭ ކުއްލިގޮތަކަށް މަރުވީ އުމުރުން 22 އަހަރުގެ އަހްމަދު ހާމީން އާއި 18 އަހަރުގެ އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ގެނބިގެންނެވެ.

އަހުމަދު ހާމީން

އަހުމަދު ހާމީން