05 އޮކްޓޯބަރ 2017
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޕާލަމެންޓަށް ހުށަހެޅި ގަރާރު އޮތީ ވަކިކޮޅަކަށް ބުރަވެފައި ކަމަށާއި އެ ގަރާރުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް އެބަހުރި ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޕާލަމެންޓަށް ހުށަހެޅި ގަރާރު އޮތީ ވަކިކޮޅަކަށް ބުރަވެފައި ކަމަށާއި އެ ގަރާރުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް އެބަހުރި ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.
ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައިވަނިކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕިއަން ޕާލަމަންޓަށް ހުށަހެޅި ގަރާރުގައި ހުރީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ދިވެހި ސަރުކާރުން ބުނީ ގަރާރު ބަލައި ނުގަންނަ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ހުށަހެޅި ގަރާރެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ހާލަތު ބެލުމަށް އަންނަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފްދަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ އެވެ. އީޔޫގެ ވަފުދުން ހޭދަކުރާ ދުވަސްތަކުގައި ރާއްޖޭގެ ހާލަތު ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"ސަރުކާރުން އީޔޫއާއެކު ވަރަށް ކައިރިން މަސައްކަތް ކުރާނަން. ހާއްސަކޮށް ޔޫރަޕިއަން ކޮމިޝަނާއެކު،" ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ދެއްކެވި ވާހަކަތައް ދޮގުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެ އެވެ.
ދިވެހި ސަރުކާރުން ފާއިތުވި އަހަރުތަކުގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން، އަދި ޑިމޮކްރެސީ އާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ގަރާރުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުންޏެވެ.
އަދި ބުނީ ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އިން ތައްޔާރަށް އޮތް ކަމަށެވެ. ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) ގެ ވާހަކަތައް ބަލައިގަންނަ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ސަރުކާރުން އިސްވެ އޮވެ، ބާއްވަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު ލީޑަރުން ބައިވެރިވެވަޑައިގަތުމަށް ގޮވާލައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މަޝްވަރާތައް ބާއްވަން ބޭނުންވަނީ ދިވެހިންނަށް ފާގަތި މުސްތަގުބަލެއް ހޯދައި ދިނުމަށެވެ. އެހެންވެ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވީހާވެސް އަވަހަށް ބާރު އަޅައި ދިނުމަށް މިނިސްޓްރީގެ ބަޔާނުގައި އީޔޫ އަށް ގޮވާލާފައިވެ އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި މިއަދު ބޭއްވި ޔޫރަޕިއަން ޕާލަމަންޓް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.
ނަމަވެސް ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅެއް ނާޅާނެ: ސަފީރު
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
ދީނާ ޚިލާފު ހުށަހެޅުންތައް ބަލައެއް ނުގަންނަން: ރާއްޖެ
ދީނީ މިނިވަންކަން ނުދޭނެކަން އީޔޫއަށް އަންގައިފި
އީޔޫގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި
ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން: ސަރުކާރު