Roadha Mihaaru
އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، ޖަލުގައި:މައުމޫން

އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، މާފުށީ ޖަލުގައި: މައުމޫން

06 އޮކްޓޯބަރ 2017

އިސްލާހަށް މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ ކުރިމަތީގައި ހަމައެކަނި ފެންނަން ހުރީ އެމަނިކުފާނު ކަމަށް ވިއަސް، ހަގީގަތަކީ އެމަނިކުފާނު ވެސް މިހާރު ހުންނެވީ މާފުށީ ޖަލުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާހަށް މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ ކުރިމަތީގައި ހަމައެކަނި ފެންނަން ހުރީ އެމަނިކުފާނު ކަމަށް ވިއަސް، ހަގީގަތަކީ އެމަނިކުފާނު ވެސް މިހާރު ހުންނެވީ މާފުށީ ޖަލުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ސިޔާސީ އެހެން ލީޑަރުންނެކޭ އެއްގޮތަށް އެމަނިކުފާނަށް ވެސް ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށެވެ. ލީޑަރުންނަށް ނުހައްގު އަނިޔާތައް ދެމުންދާ ގޮތަށް، އެއްވެސް ކުށެއް ނެތި އެމަނިކުފާނު ވެސް ޖަލަށްލީތާ 80 ދުވަސް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައި ނުސީދާކޮށް މައުމޫން ވިދާޅުވީ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ނުހައްގުން ޖަލަށްލީ، އެމަނިކުފާނަށް އަމާޒުކޮށެވެ. އިދިކޮޅު ލީޑަރުން ކުރައްވާ އިސްލާހީ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އެމަނިކުފާނު ހައްޔަރުކޮށް ދަތިކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާނެ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ޖެހެނީ، އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫނޭ. ހަގީގަތުގައި ތިޔަބޭފުޅުން ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓަސް، އަޅުގަނޑު މިހުރީ މާފުށީ ޖަލުގައި،" މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގާނޫނީ ވަހީލު ހިސާންގެ ވާހަކަ އަށް ފަހު، ކުރީގެ ރައީސް މައުމޫންއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިރޭގެ ޖަލްސާގައި ގާނޫނީ ވަހީލު ހިސާންގެ ވާހަކަ އަށް ފަހު، ކުރީގެ ރައީސް މައުމޫންއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވީ ރިޝްވަތުގެ ތުހުމަތުކޮށް ފާރިސް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށެވެ. އެއީ އޭގެ ޒާތުގައި ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ފާރިސް ބަންދު ކުރި މައްސަލާގައި ވަކީލުންނާއި އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭތީ މައުމޫން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ގައުމުގައި ރައްޔިތުން ކަންބޮޑުވާ އެތައް ކަމެއް ދަނީ ހިނގަމުންނެވެ. އޭގެތެރޭގައި އަދުލު އިންސާފު ގާއިމުނުވުމާއި އެކިއެކި މުއައްސަސާތަކުން ޒިންމާ އަދާނުކުރުމާއި ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އޮތުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތަކާ ހިލާފަށް މީހުންނާ މެދު އަމަލު ކުރަމުން ދިއުމާއި ފުރާނައަށް ނުރައްކާވާ ފަދަ މާހައުލެއް ގާއިމުކޮށްފައި އޮތް ކަމަށް މައުމޫން ތުހުމަތުކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު (ވ) އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ ބައްޕަ (ކ) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު (ވ) އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ ބައްޕަ (ކ) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މައުމޫން ވިދާޅުވީ ރާއްޖޭގައި މާރާމާރީތަކާއި މީހުން މެރުން އިތުރުވަނީ އެކަމަށް ސަރުކާރުން މަގު ފަހިކުރާތީ ކަމަށެވެ. ސަރުކާރުން ފައިސާ ހަރަދު ކުރާ މީހުންގެ ތެރޭގައި ޒުވާނުން ހިމެނޭއިރު، އޭގެތެރޭގައި ވިޔާނުދާ ޒުވާނުންތަކަކަށް ވެސް ހަރަދު ކުރަމުން އަންނަ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޒުވާނުންނަށޭ ކިޔާފައި ވަރަށް ވިޔާނުދާ ޒުވާނުންނަށް ދައުލަތުގެ ބަޖެޓުން ފައިސާތަކެއް އެބަގެންދޭ. އެއީ ކީއްކުރަން ދޭ ފައިސާއެއްތޯ؟ އެއްވެސް ޝައްކެއް ނެތް އެ ވިދާޅުވާ ޒުވާނުންނަކީ ހަގީގީ ހަރުދަނާ ޒުވާނުންނެއް ނޫން. ވިޔާނުދާ، މާރާމާރީ ހިންގާ، މަސްތުވާތަކެތީގެ ވިޔާފަރި ކުރާ މީހުން މަރާ ޒުވާނުން. އެމީހުންނަށް ފައިސާ ދިނީމަ އެ ދެވެނީ އެމީހުންނަށް ހިތްވަރު،" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫނާއި އެ ހަރަކާތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫނާއި އެ ހަރަކާތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހަމައެއާއެކު، މީހުން މެރުން އިތުރުވަނީ އަމަން ބަލަހައްޓާ މީހުން ޒިންމާ އަދާކުރަމުން ނުދާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފުލުހުންނަށް މަތިން އަންނަ އޯޑަރަށް ސިޔާސީ ލީޑަރުން ފަހަތުން ދުވެ، ހައްޔަރުކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވުން ފިޔަވައި ފުލުހުން އިތުރު ކަމެއް ކުރަމުން ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީހުން މެރުން އިތުރުވަނީ ކީއްވެގެންތޯ ބަލައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި ނުހައްގުން މީހުން މެރުން ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަން ޖެހެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަނިޔާވެރިކަން ބޮޑުވެ މުޖުތަމައުގައި ބިރުވެރިކަން އުފެދިފައިވާއިރު ވެސް ސަރުކާރުން ތަރައްގީއޭ ކިޔަމުންދާ ކަމަށް ވިދާޅުވެ މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ތަރައްގީގެ ވާހަކަ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާއިރު، ތަރައްގީގެ ފައިދާ ހާސިލް ކުރާނެ ބަޔަކު ނެތްނަމަ، އެއީ ކީއްކުރާ ތަރައްގީއެއްތޯ މައުމޫން ވަނީ ސުވާލު ކުރައްވައިފަ އެވެ. ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ ގައުމުގެ އަމާންކަން ގާއިމުކޮށް، މީހުންގެ ފުރާނަ އާއި މުދާ ހިމާޔަތް ކުރުމަށް ފަހު ކަމަށާއި އެކަން ކުރުމުގެ ކުރިން އެ ވާހަކަ ދެއްކީމަ ވަނީ "ޖޯކަކަށް" ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީހުން މަރަމުން ގޮސް، ކޮން މަދަރުސާތަކެއްތޯ؟ ކޮން ހޮސްޕިޓަލްތަކެއްތޯ؟ ކޮން ވަޒީފާތަކެއްތޯ؟ ކޮން އެއާޕޯޓުތަކެއްތޯ؟ ބޭނުމެއް ނެތެއްނުންތޯ؟ އެ ހުރިހާ ތަނެއްގެ ބޭނުމަކީ އިންސާނުން ތިބެގެން އިންސާނުން އޭގެ ފައިދާ ހާސިލް ކުރުން،" މައުމޫން ވިދާޅުވި އެވެ.