Roadha Mihaaru
23 މީހުންގެ މަރުގެ ސަބަބަކީ މީހެއްގެ ހަޅޭކުގެ އަޑު

23 މީހުން މަރުވާން މެދުވެރިވީ މާވިއްކާ މީހެއްގެ ހަޅޭކުގެ އަޑަށް

08 އޮކްޓޯބަރ 2017

ދާދިފަހުން އިންޑިއާގެ މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި، ގިނަ ބަޔަކު ވާރޭއިން ހިޔާވާން އުޅުމުގެ ތެރޭގައި ފިތިގެން 23 މީހުން މަރުވެ 37 މީހުން ޒަޚަމްވީ މާ ވިއްކަން އިން މީހަކު އޭނާގެ މާތައް ވެއްޓުމުން ހަޅޭއްލަވަން ފެށުމުން ކަމަށް ތަހުގީގުން އެނގިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދާދިފަހުން އިންޑިއާގެ މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި، ގިނަ ބަޔަކު ވާރޭއިން ހިޔާވާން އުޅުމުގެ ތެރޭގައި ފިތިގެން 23 މީހުން މަރުވެ 37 މީހުން ޒަޚަމްވީ މާ ވިއްކަން އިން މީހަކު އޭނާގެ މާތައް ވެއްޓުމުން ހަޅޭއްލަވަން ފެށުމުން ކަމަށް ތަހުގީގުން އެނގިއްޖެ އެވެ.

ދިހަ ވަރަކަށް މިނެޓް ތެރޭ އެތައް ބަޔަކު މަރުވި މި ހާދިސާ ތަހުގީގު ކުރުމުގައި ބައިވެރިވާ ފުލުހަކު އިންޑިއަން އެކްސްޕްރެސް އަށް ކިޔައިދިން ގޮތުގައި ރޭލް ސްޓޭޝަންގެ ބްރިޖް މައްޗަށް އެތައް ހާސް ބަޔަކު ޖަމާވެފައި ވަނިކޮށް ހަޅޭއްލަވަން ފެށީ އެތަނުގައި އިން މާ ވިއްކާ މީހެކެވެ. އޭނާގެ މާ ވަށިގަނޑުގައި މީހަކު ޖެހި، އެ ވެއްޓުމާ އެކު ހަޅޭއްލަވަން ފެށީ "ޕޫލް ގިރް ގަޔާ" އޭ ކިޔައިފަ އެވެ. މާނަ އަކީ "މާތައް ވެއްޓިއްޖޭ" އެވެ. އެ އަޑު އިވުނު ބައެއް މީހުންނަށް ހީވީ "ޕުލް ގިރް ގަޔާ" އޭ ގޮވަނީ ކަމަށެވެ. އޭގެ މާނަ އަކީ "ބްރިޖް ވެއްޓިއްޖޭ" އެވެ.

އެއާ އެކު އެ މީހަކަށް ޖެހުނު ދިމާލަކަށް ދުއްވައިގަނެ، އެކަކު އަނެކަކު ކޮއްޕަމުން ކުރިއަށް ދާން އުޅެން ފެށުމުން ބައެއް މީހުން ބްރިޖް މަތިން ވެއްޓި އަނިޔާވާ މަންޒަރު ވެސް ފެނުމުން މީހުންނަށް ހީވީ ހަމަ ހަގީގަތުގައި ވެސް ބްރިޖް ވެއްޓެނީ ކަމަށެވެ.

ފިތިގެން މީހުން މަރުވި ބްރިޖް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ

ފިތިގެން މީހުން މަރުވި ބްރިޖް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މީހުން ފިތި ބާރުވެގެން ނޭވާ ނުލެވިގެން މަރުވިއިރު އަނެއް ބަޔަކު މަރުވެފައި ވަނީ ވެއްޓިފައި ތިއްބާ އެހެން މީހުން ގައިމަތިން ދިއުމުގެ ސަބަބުންނެވެ. މި އެންމެން މަރުވީ އެންމެ 10 ވަރަކަށް މިނެޓް ތެރޭގައި ކަމަށްވެ އެވެ.