ޝިފްޓް ޑިއުޓީގައި ރޭގަނޑު މަސައްކަތްކުރާ މީހުންނަށް ފަލަވާ ބަލި ނުވަތަ އޮބީސިޓީ ޖެހުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ ބޮޑު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
10 އޮކްޓޯބަރ 2017
ޝިފްޓް ޑިއުޓީގައި ރޭގަނޑު މަސައްކަތްކުރާ މީހުންނަށް ފަލަވާ ބަލި ނުވަތަ އޮބީސިޓީ ޖެހުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ ބޮޑު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
އޭގެ ސަބަބަކީ ރޭގަނޑު ހަރަކާތްތެރިކޮށް އުޅުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ހަމައިން ނެއްޓުމެވެ.
ޝާއިއުކޮށްފައިވާ 28 ހޯދުމެއް ދިރާސާކުރި އިރު، ރޭގަނޑު މަސައްކަތްކުރާ މީހުންނަށް އޮބީސިޓީ ޖެހުމުގެ ފުރުސަތު އެ ނޫން މީހުންނަށް ވުރެ ޖުމްލަ ގޮތެއްގައި 23 ޕަސެންޓް ބޮޑެވެ. އެއީ ހާއްސަކޮށް ދިގު މުއްދަތަށް ރޭގަނޑު ޑިއުޓީ އަދާކުރާ މީހުންނެވެ.
މި ގޮތަށް ފަލަވެފައިވާ މީހުންގެ ތެރޭގައި އެންމެ އާއްމު ކަމަކީ ބަނޑުގައި މަސް ޖެހުމެވެ.
ދުނިޔޭގެ މަސައްކަތު އާބާދީގައި، ގަވާއިދުން ނުވަތަ ދައުރުވާ އުސޫލަކުން ރޭގަނޑު ޑިއުޓީ އަދާކުރާ މީހުންގެ އަދަދު 20 ޕަސެންޓަށް އަރަ އެވެ.
"ޝިފްޓް ޑިއުޓީގައި ވަޒީފާ އަދާކުރާ 0.7 ބިލިއަން މީހުން ދުނިޔޭގައި އެބަތިބި. އަޅުގަނޑުމެންގެ ދިރާސާ އިން ފާހަގަވެފައިވާ ގޮތުގައި ޝިފްޓްތަކުގައި މަސައްކަތްކުރާ މީހުންގެ ބަރުދަން އިތުރުވުމާއި ފަލަވާބަލި ޖެހުމުގެ ސަބަބަކީ އެ ބާވަތުގެ ވަޒީފާ އަދާކުރުންކަން،" އޮބީސިޓީ ރިވިއުސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ލަޕް އާ ސޭ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި އޮބީސިޓީއަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި އުރަމަތީގެ ކެންސަރު ފަދަ ބޮޑެތި ސިއްހީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.
ރޭގަނޑު މަސައްކަތުގައި އުޅުމުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ނިންޖަށް ބުރޫއެރުމެވެ. އެކަމަކު ދައުރުވާ ޝިފްޓްތަކުގަ އާއި ރޭގަނޑު މަސައްކަތްކުރުމަކީ ހިތުގެ ބައްޔާއި ހަކުރު ބައްޔާއި ހަޖަމުގެ މައްސަލަތަކާއި ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވާ ކަމެއް ކަން ދިރާސާތަކުން އެނގިފައިވެ އެވެ.
ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ފަލަ ނަމަ ކޮވިޑް-19 ގެ ނުރައްކާ ބޮޑު
ފަލަވުން ކޮންޓްރޯލްކޮށްދޭނެ ބޭސްގުޅައެއް؟
އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން
ހިކެން އުނދަގޫ މީހުންނަށް ނަފްސާނީ އުކުޅުތަކެއް
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
ޔޫކޭގައި "ހަކުރު ޓެކްސް" މިލްކްޝޭކާއި ކޮފީއަށް ވެސް
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް