Roadha Mihaaru
ނިއުކްލިއާ އެއްބަސްވުމާ މެދު ޓްރަމްޕުގެ ނިންމެވުމާ ދުނިޔެ ދެކޮޅު

އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ މެދު ޓްރަމްޕުގެ ނިންމެވުމާ ދުނިޔެ ދެކޮޅު

14 އޮކްޓޯބަރ 2017

ވޮޝިންޓަން (އޮކްޓޯބަރު 14) - އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން "އިރާލައްވާނެކަމުގެ" އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް އެ އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 14) - އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން "އިރާލައްވާނެކަމުގެ" އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް އެ އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބުނެފި އެވެ.

އެމެރިކާ ވެސް ހިމެނޭ ގޮތަށް 2015 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމުގައި ވަނީ އިނގިރޭސި ވިލާތާއި ރަޝިޔާ، ފްރާންސް، ޖާމަނީ އަދި ޗައިނާ އިން ވެސް ސޮއިކޮށްފަ އެވެ. އެކަމަކު ޓްރަމްޕް ހުކުރު ދުވަހު ދެއްވި ބަޔާނުގައި ވަނީ އީރާނުން އެއްބަސްވުމަށް އިހްތިރާމް ނުކުރާ ކަމަށާއި އެހެންވެ އެމެރިކާ އިން އެ އެއްބަސްވުން ދަމަހައްޓަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ބައިނަލްއަގުވާމީ އޮބްޒާވަރުން ދަނީ އީރާނުން އެއްބަސްވުމަށް އަމަލު ކުރަމުންދާ ކަމަށް ބުނަމުންނެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުން ކޮންމެ ތިން މަހަކުން އެމެރިކާ އިން މުރާޖައާކޮށް ސެޓިފައި ކުރަން ޖެހެ އެވެ. ކުރިން ދެ ފަހަރަކު އެއްބަސްވުން ސެޓިފައި ކުރެއްވި ނަމަވެސް ޓްރަމްޕް ވަނީ ތިން ވަނަ ފަހަރަށް ސެޓިފައި ކުރަން ދެކޮޅު ހައްދަވައިފަ އެވެ. އަދި 90 ދުވަހުގެ މުހުލަތު މާދަމާ ހަމަވާނެ އެވެ. އެހެންވެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އަޅާނީތޯ ނިންމުމަށް ކޮންގްރެސް އަށް ދެ މަސް ދުވަހުގެ މުއްދަތު މިހާރު ވަނީ ލިބިފަ އެވެ.

ޓްރަމްޕުގެ ނިންމެވުމަށް ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަަތަންޔާހޫ މަރުހަބާ ވިދާޅުވެ "ޓެރަރިސްޓް ދައުލަތަކާ" ކެރިގެން ކުރިމަތިލައްވާތީ ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރަޝިޔާ އިން ވަނީ ޓްރަމްޕުގެ ނިންވުމަށް ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އިނގިރޭސި ވިލާތާއި ފްރާންސް، އަދި ޖަރުމަނުން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން ވަނީ ހުރިހާ ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ގާއިމްކޮށްފައި ކަމަށް ބުނެފަ އެވެ. ޓްރަމްޕުގެ ތަގްރީރުގެ ފަހުން ޗައިނާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ކުރިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ދެމެހެއްޓުމަށް ޗައިނާ އިން ގޮވާލައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ބުނެފައި ވަނީ "މިހާރު ވެސް އަމަލު ކުރަމުންދާ އެއްބަސްވުމަކުން" ވަކިވުމަކީ ވަކި ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.