19 އޮކްޓޯބަރ 2017
ކާނިވަލުގައި ޕީޕީއެމުން މިރޭ ބާއްވާ "ތައްޔާރު" ޖަލްސާގައި ދައުލަތުގެ މުވައްޒަފުން ބައިވެރި ނުވެއްޖެ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ މުވައްޒަފުންގެ މިއަދުގެ އެންމެ ބޮޑު ސުވާލެކެވެ. ސަބަބަކީ، ޕީޕީއެމުގެ އިސް ބައެއް ބޭފުޅުން މި ޖަލްސާއާ ބެހޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ދެއްވާފައިވާ އިންޒާރުތަކެވެ. ޖަލްސާ އަށް ދިއުން ވަނީ މަޖުބޫރުވެފަ އެވެ.
ކާނިވަލުގައި ޕީޕީއެމުން މިރޭ ބާއްވާ "ތައްޔާރު" ޖަލްސާގައި ދައުލަތުގެ މުވައްޒަފުން ބައިވެރި ނުވެއްޖެ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ މުވައްޒަފުންގެ މިއަދުގެ އެންމެ ބޮޑު ސުވާލެކެވެ. ސަބަބަކީ، ޕީޕީއެމުގެ އިސް ބައެއް ބޭފުޅުން މި ޖަލްސާއާ ބެހޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ދެއްވާފައިވާ އިންޒާރުތަކެވެ. ޖަލްސާ އަށް ދިއުން ވަނީ މަޖުބޫރުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް ނުދާ މުވައްޒަފުންނާ ސުވާލުކޮށް، ސަބަބު އޮޅުންފިލުވާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ އިސް ވެރިން ވަނީ ދެއްވައިފަ އެވެ. އޭގެކުރިން، ޖަލްސާގެ ހާޒިރީ ބަލާނެ ކަމަށް އޮފީސްތަކުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ވެރިން ވެސް އޮތީ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގައިފަ އެވެ.
މި މައްސަލާގައި ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔަ ނަމަވެސް ސިވިލް ސާވިސް ކޮމިޝަން އޮތީ "ހިމޭނުންނެ"ވެ. ކޮންމެ ޖަލްސާއަކާ އެކު މުވައްޒަފުން ފާޅުކުރާ ކަންބޮޑުވުންތަކުގެ އަޑު އަހާހެނެއް ހިއެއް ނުވެ އެވެ.
ޕީޕީއެމްގެ ޖަލްސާއާ ގުޅޭގޮތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އަށް ސަރުކާރު މުވައްޒަފުން ދާން އެންގުމަކީ މަޖުބޫރު ކުރުވުމެއް ނޫން ކަމަށެވެ. އޭނާ ސިފަކުރެއްވީ، އެއީ މުވައްޒަފުން ކުރަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ. ކުންފުނިތަކުގެ މުވައްޒަފުންނަށް ދަންނަވާނަމޭ، ޖަލްސާ އަށް ވަޑައިގެންދެއްވާށޭ. ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބި މެމްބަރުންނަށް ވެސް ދަންނަވާނަމޭ ވަޑައިގަންނަވާށޭ. ވަޑައިނުގެންފި ނަމަ، ގެނެސްގެން ކީއްވެގެންތޯ ބަލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ދަރަޖަ އަށް މަޖުބޫރުކުރާއިރު ވެސް މުވައްޒަފުންގެ ހައްގުގައި ސިވިލް ސާވިސް ކޮމިޝަނުން އެންމެ ކުޑަމިނުން، ބަޔާނެއް ވެސް ނެރެފައެއް ނުވެ އެވެ. މި މައްސަލާގައި ސުވާލުކުރުމުން ވެސް ކޮމިޝަނުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ޕީޕީއެމްގެ ޖަލްސާތަކުގައި ސަރުކާރު މުވައްޒަފުން ބައިވެރިވުން މައްސަލައަކަށް ނުވާއިރު، އިދިކޮޅު ޕާޓީއެއްގެ ޖަލްސާތަކުގައި ބައިވެރިވި ސަރުކާރުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.
އެ މުވައްޒަފަކު އަމިއްލަ އިޚްތިޔާރުގައި ޖަލްސާތަކުގައި ބައިވެރިވާން ގާނޫނުން މަނައެއް ނުކުރެ އެވެ. އެކަމަކު، ގާނޫނު އަސާސީއާ ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން ސިޔާސީ އެއްވެސް ކަމެއް ކުރަން މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކައި އިންޒާރު ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މުވައްޒަފުންނަށް ކުރިމަތިވެފައިވާ މި ބިރުވެރި ކަމަށް ކަމާގުޅޭ މުއައްސަސާތަކުން ހައްލެއް ހޯދައިދޭން ޖެހެ އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
"މަސީހް ސަލާމަތް ކުރުމުގެ ހުރިހާ މަގެއް ބަންދުވެއްޖެ"
ޕީޕީއެމްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ގޮވާލައިފި
ނަޝީދުގެ މިނިވަންކަމަށް ލީޑަރުން އެދެން ގޮވާލައްވައިފި
ޕީޕީއެމަށް ފޯމު ފުރަން މަޖުބޫރުކުރާ ކަމުގެ ޝަކުވާތަކެއް
"ޕީޖީގެ އަޣުލަބިއްޔަތު ނަގާލަން އުޅުމަކީ ޣައްދާރުވުން"
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ދައުލަތުގެ މުދާ ބޭނުންކުރި ގޮތް ބަލަން ޖެހޭ: މައުމޫން
ފުރުސަތު ދީ، އަސްލު ސައިޒު ދައްކާލާނަން: އެމްޑީޕީ/އަދާލަތު