Roadha Mihaaru
ޒާހިލް މަރުވެއްޖެ

އެތައް ވޭނެއްގައި އުޅުމަށް ފަހު ޒާހިލް މަރުވެއްޖެ

27 އޮކްޓޯބަރ 2017

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދިޔަ އިބްރާހިމް ޒާހިލް އިންޑިއާގައި ރޭ މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދިޔަ އިބްރާހިމް ޒާހިލް އިންޑިއާގައި ރޭ މަރުވެއްޖެ އެވެ.

އުމުރުން 18 އަހަރުގެ ޒާހިލް މަރުވީ، އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ.

އުމުރުން ވަރަށް ޅައިރުއްސުރެ ކާއެއްޗެއް ނުކެވި، ހަށިގަނޑު ވަރަށް އަނަރޫފަވެފައިވާ ޒާހިލަށް ބެންކޮކުންނާއި އިންޑިއާއިން ވެސް މީގެ ކުރިން ފަރުވާ ދީފައި ވެ އެވެ. އެކަމަކު މި ފަހަރު އިންޑިއާއަށް ގެންދިޔަތާ ދެ މަހެއްހާ ދުވަސް ފަހުން އޭނާގެ ހާލު ގޯސްވެ، ދިރިހުންނާނެ ކަމާ މެދު ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލައިފަ އެވެ.

ޒާހިލްގެ ހަށިގަނޑު މާލެ ގެންނާނެ ކަމެއް އަދިއެއް ނޭނގެ އެވެ. އިންޑިއާގެ ޑޮކްޓަރުން އުއްމީދު ކަނޑާލުމުން، ޒާހިލް މާލެ ގެނެވޭތޯ އޭނާގެ އާއިލާއިން ބެލި އެވެ.

ހދ. ނެއްލައިދު އަށް އުފަން ޒާހިލް އިންޑިއާ އަށް ގެންދިޔައީ އޭނާގެ ބަރުދަން ކުޑަކޮށް އިތުރުވުމުން، ގޮހޮރުގެ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ހައިދަރުއާބާދަށް ގެންދިޔުމުގެ އުއްމީދުގަ އެވެ. އެކަމަކު ހާލު ދަށަށް ގޮސް، އޭނާ މަރުވި އިރު އެ ކުއްޖާގެ ގައިގައި ހުރީ 15 ވަރަކަށް ކިލޯ އެވެ.