26 ނޮވެމްބަރ 2017
ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ހުރިހާ ވަސީލަތްތަކެއް ފުރިހަމައެއް ނޫނެވެ. ދަރިވަރުން ގިނަ ބޮޑެތި ސްކޫލުތަކުގައި ވެސް ކަން އޮތީ މިހެންނެވެ. އެކަމަކު ދަރިވަރުންގެ މި ޝަކުވާތައް ގިނަ ފަހަރަށް މެނޭޖްމެންޓަށް އޮންނަނީ ނޭނގި އެވެ. އެހެންވެ މި ފަހަރުގެ ގައިޑްގައި ރާއްޖޭގެ ބައެއް ދަރިވަރުން، އެކުދިންނަށް ސްކޫލުގެ މާހައުލުން މަދުވާ ނުވަތަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ބައެއް ހިދުމަތްތަކުގެ ވާހަކަ ހިމަނާލަމެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ހުރިހާ ވަސީލަތްތަކެއް ފުރިހަމައެއް ނޫނެވެ. ދަރިވަރުން ގިނަ ބޮޑެތި ސްކޫލުތަކުގައި ވެސް ކަން އޮތީ މިހެންނެވެ. އެކަމަކު ދަރިވަރުންގެ މި ޝަކުވާތައް ގިނަ ފަހަރަށް މެނޭޖްމެންޓަށް އޮންނަނީ ނޭނގި އެވެ. އެހެންވެ މި ފަހަރުގެ ގައިޑްގައި ރާއްޖޭގެ ބައެއް ދަރިވަރުން، އެކުދިންނަށް ސްކޫލުގެ މާހައުލުން މަދުވާ ނުވަތަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ބައެއް ހިދުމަތްތަކުގެ ވާހަކަ ހިމަނާލަމެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވާ އެއް ސްކޫލެވެ. އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން މަރިޔަމް ޒައިނާ ސޯލިހު ބުނިގޮތުގައި ގިނަ ކަންތައްތައް އަމީނިއްޔާގައި ރަނގަޅެވެ. ދަރިވަރުންނާއި ޓީޗަރުންގެ ގުޅުން ވެސް ބަަރާބަރެވެ. ސްކޫލުގެ ގިނަ ކަންކަމުގައި ދަރިވަރުން ބައިވެރިކުރެ އެވެ.
އެކަމަކު އެ ސްކޫލަށް ވެސް ކުރެވޭނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން ޒައިނާ ފާހަގަކުރީ އިތުރު ހަރަކާތްތައް މަދުވުމެވެ.
އޭނާ ބުނީ ކުރެހުން ފަދަ ދަރިވަރުންގެ ހުނަރުވެރިކަން ފެންނަ މުބާރާތްތަކާއި ހަރަކާތްތައް ސްކޫލުގައި ބާއްވާލެއް މަދު ކަމަށެވެ. ދަރިވަރުންގެ ހުނަރުވެރިކަން ކުރިއަރުވަން ކްލަބް ޖަމިއްޔާތައް އުފައްދާފައި ހުންނައިރު، އެ ތަންތަން މެދުވެރިކޮށް ބާއްވާ މުބާރާތްތައް މަދުކަން ވެސް ޒައިނާ ފާހަގަކުރި އެވެ.
"މިސާލަކަށް ކުރެހުން ފަދަ ކަންކަމަށް ވަރަށް ޓެލެންޓެޑް ކުދިން ތިބޭ. އެ ކުދިންގެ ހުނަރުވެރިކަން ދައްކާލުމަށް މުބާރާތްތައް ބާއްވާނަމަ ވަރަށް ރަނގަޅު،" ޒައިނާ ބުންޏެވެ.
އަމީނިއްޔާގެ އެހެން ދަރިވަރެއް ކަމަަށްވާ މަރިޔަމް މިންހާ ބުނީ ކުޅިވަރުތަކަށް ހާއްސަކޮށްގެން "ސްޕޯޓްސް ހޯލެއް" އެ ސްކޫލްގައި ހުރުން ވަރަށް މުހިއްމު ކަމަށެވެ.
ހުރިހާ ކުދިން ތައުލީމީ ގޮތުން މޮޅު ނުވެދާނެ އެވެ. އެކަމަކު އެ ކުދިންގެ ތެރޭގައި ވެސް އެކި ކުޅިވަރުތަކަށް ވަރަށް ހުނަރުވެރި ކުދިން ތިބޭނެ އެވެ. އެހެންވެ، ކުޅިވަރުގެ ހުނަރުވެރިކަން ކުރިއަރުވަން، ސްޕޯޓްސް ހޯލެއް ވަރަށް ބޭނުން ކަމަށް މިންހާ ބުންޏެވެ.
"ސްކޫލު ކުދިންގެ ގިނަ މުބާރާތްތަކުގައި މި ސްކޫލު އެބަ ތަމްސީލުކުރޭ. އެކަމަކު ޕްރެކްޓިސްކުރަން ގިނަ ފަހަރަށް ދާން މިޖެހެނީ [ސްކޫލުން] ބޭރަށް. އެއީ ގިނަ ފަހަރަށް ވަރަށް އުނދަގޫވާ ކަމެއް،" މިންހާ ބުންޏެވެ.
ލެބޯޓަރީތައް ނެތުމާއި އެތަނުގައި ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ޝަކުވާ އާއްމުކޮށް އިވެނީ ރަށްރަށުގެ ސްކޫލުތަކުންނެވެ. އެކަމަކު މާލޭގެ ބޮޑެތި ބައެއް ސްކޫލުތަކުގައި ވެސް އެ ހިދުމަތް އެހާ ރަނގަޅެއް ނޫނެވެ.
ތާޖުއްދީން ސްކޫލް ގްރޭޑް 10ގެ ދަރިވަރު އަހުމަދު ޝާބިންގެ ޝަކުވާ އަކީ ވެސް އެއީ އެވެ. ސައިންސް ސްޓްރީމްގެ ދަރިވަރަކަށް، ސެކަންޑަރީގައި އެންމެ މުހިއްމު އެއް ތަނަކީ ލެބޯޓަރީ ނަމަވެސް، އެ ހިދުމަތް އެންމެ ފުރިހަމައަށް ނުލިބޭ ކަމަށް ޝާބިން ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ސްކޫލުގެ ގިނަ ކަންކަން ރަނގަޅު ނަމަވެސް ސައިންސް ލެބޯޓަރީގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމަކީ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ.
"އަޅުގަނޑު އަދި އެންމެ ފަހަރަކު ލެބޯޓަރީގެ ބޭނުންކުރީ. ހަމައެކަނި ޓެކްސްޓް ފޮތުންނާއި ޓީޗަރުން ކިޔަވައިދޭ އެއްޗެހީގެ ބަދަލުގައި ލެބޯޓަރީން ހަދާ އެކްސްޕެރިމެންޓްތައް ވެސް ތަޖުރިބާކޮށްލަން ވަރަށް ބޭނުންވޭ،" 2017 ގައި އ ސްކޫލުގެ ދިވެހި ޖަމިއްޔާ، އަދަބީ ނޫރުގެ ރައީސް ބުންޏެވެ.
މަޖީދިއްޔާ ސްކޫލު ދެ ބައިކޮށް، އެތަނުގެ އެއް ފަޅި ދަރުމަވަންތައަށް ހާއްސަކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. ނަމަވެސް އޭރު ވެސް އިމާރާތް މާ ބޮޑަށް ބާވުމުގެ މައްސަލަ ދަރިވަރުންނަށް ކުރިމަތިވި އެވެ. އެހެންވެ އާ އިމާރާތެއް އަޅަން ކުރީގެ އިމާރާތް ތަޅާލައި ވަގުތީ ތަނެއް ހެދި އެވެ.
ވަގުތީ އިމާރާތް ކިތަންމެ އަލަސް، ބޮޑު ބައި ދަގަނޑުން ހަދާފައި ހުރުމުން ކްލާސްތަކުގެ ހޫނުކަން ގަދަ އެވެ. ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ އެވެ.
"އެއްވެސް ކްލާހެއް އެއާކޮންޑިޝަން ކޮށްފައެއް ނުހުރޭ. އެހެންވެ، މެންދުރު ގަޑީގައި ކްލާހުގައި ތިބެން އުނދަގޫވާ ވަރަށް ހޫނުވޭ،" އެ ސްކޫލުގެ ތިމާވެށި ކްލަބު، ފީޑުގެ ނައިބު ރައީސް މުހައްމަދު ޒައިން މާހިރު ބުންޏެވެ.
އޭނާ ބުނިގޮތުގައި ކްލާސްތަކުގައި ފަންކާ ހަރުކޮށްފައި ހުރި ނަމަވެސް، ހޫނު ގަދަ ދުވަސް ދުވަހުގެ އޭގެ މާ ބޮޑު އަސަރެއް ނުކުރެ އެވެ. އެ ހޫނުގައި ދަރިވަރުންނަށް ކިޔަވަން އުނދަގޫވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސްކޫލުގެ ގްރޭޑް އަށެއްގެ ދަރިވަރު މުހައްމަދު އިސްރާފީލް އަލީ ޒާހިރު ވެސް މި މައްސަލަ ފާހަގަކުރި އެވެ. ދެން އޭނާގެ މައްސަލައަކަށް ވީ ސްކޫލުގެ ޖާގަ ކުޑަވުމެވެ.
އޭނާ ބުނީ އިތުރު އެއްވެސް ހަރަކާތެއް ބާއްވަން ސްކޫލުގައި ޖާގަ ނެތް ކަމަށެވެ. އެއްވެސް ކުޅިވަރެއް، އައުޓްޑޯ މުބާރާތެއް ސްކޫލުގައި ނުބޭއްވެ އެވެ. އެފަދަ ހަރަކާތެއް ބާއްވަން ޖެހެނީ ކްލާސް ހުސްކޮށް އެ ތަނުގަ އެވެ.
"އަނެއްހެން ސްކޫލު ވަރަށް ރަނގަޅު. ޓީޗަރުންނާއި ކިޔަވައިދޭ ގޮތް ވެސް. އެކަމަކު ހިތަށްއަރާ އެހާ ހޫނުގައި ކިޔަވަން ނުޖެހޭނެ ނަމައޭ،" އޭނާ ބުންޏެވެ.
އެކަމަކު ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް މިއީ ވަގުތީ މަައްސަލައެކެވެ. އާ ސްކޫލް ވާނީ އެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށެވެ.
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟
ދެ ހަމަލާ އިން އަނެއްކާވެސް ބިރުވެރިކަމެއް!
މާލޭ ސްކޫލުތައް: ކިޔަވައިދޭން ފަށާނީ 9 އިން މައްޗަށް
އަމީނިއްޔާއަށް 75: އެތައް ބައެއްގެ އުފާވެރި މާޒީއެއް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނެއް
ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމުތައް އޭސީކޮށްފި
ތާޖުއްދީން ސްކޫލު: ތަފާތު ދައްކަމުން ބަދަލަކަށް
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
ދަރިވަރަށް ހަމަލާދިނީ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި