މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ހިންގަން ދަތިވެފައިވާ މިފްކޯ ހަމައަކަށް އަޅުވަން ސަރުކާރުން 46.3 މިލިއަން ރުފިޔާގެ ލޯނެއް މިއަދު ދީފި އެވެ.
02 ނޮވެމްބަރ 2017
މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ހިންގަން ދަތިވެފައިވާ މިފްކޯ ހަމައަކަށް އަޅުވަން ސަރުކާރުން 46.3 މިލިއަން ރުފިޔާގެ ލޯނެއް މިއަދު ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލޯނު އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މުނައްވަރާއި މިފްކޯ ހިންގަމުން އަންނަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.
އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވާ ސަރުކާރުގެ މަސްކުންފުންޏަށް ލޯނު ދޫކުރީ ފަސް އަހަރުން ދައްކާ ގޮތަށް، ހަތް ޕަސެންޓުގެ އިންޓްރެސްޓަކާ އެކުގަ އެވެ.
މިފްކޯ އިން ބުނީ ލޯނު ބޭނުން ކުރާނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި މަސްވެރިކަމުގެ ސިނާއަތު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަން ބޭނުންވާ ތަކެތި ގަތުމަށް ކަމަށެވެ. އަދި އެ ކުންފުނިން ބޭނުންކުރަމުންދާ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމުގެ މަސައްކަތަށް ވެސް ލޯނު ފައިސާ ބޭނުން ކުރާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި މަސްވެރިންގެ އަތުން މިހާރަށް ވުރެ ގިނައިން މަސް ގަނެ، ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މިހާރަށް ވުރެ ހަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ވެސް އެ ފައިސާ އިން ހަރަދުކުރާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެސްޓީއޯއާ ހަވާލުވިއިރު 300 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ނަމަވެސް، މިފްކޯގެ މާލީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
"އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމުގެ ވިސްނުމެއް ނެތް"
މިފްކޯއާ ހަވާލުވުމުގެ ކަންތައް މި ހަފުތާގައި ފަށަނީ
ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު ދައްކައިފި
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
ބަޖެޓު ސަޕޯޓަށް އެސްޓީއޯ މެދުވެރިކޮށް ލޯނެއް ނަގައިފި
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!