Roadha Mihaaru

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ފުރަތަމަ ރޭ ވެސް ދިގު ކިޔުއެއް

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިރޭ މަސްދަޅު ކޭސް ބަހަން ފެށުމާއެކު، އެ ބަލައި ދިގު ކިއުއެއް ދަމާލައިފި އެވެ.

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ފެބުރުއަރީ 2025

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިރޭ މަސްދަޅު ކޭސް ބަހަން ފެށުމާއެކު، އެ ބަލައި ދިގު ކިއުއެއް ދަމާލައިފި އެވެ.

މިރޭ 8:00 ޖެހިއިރު މަސްދަޅު ކޭސް ބަހަން ފެށިއިރު އެ ސަރަހައްދަށް ވަނީ ގިނަ ބަޔަކު ޖަމާވެ، ކިޔުގެ ސަފު ދިގުކޮށް ދަމާލައިފަ އެވެ.

އެސްޓީއޯއިން ބުނީ މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތަންތަން

- މިފްކޯގެ އޮފީސް ކޮމްޕައުންޑް

- ހެންވޭރު އެމްޓީސީސީ ސޯމިލް

- ވިލިމާލެ، ވެމްކޯ ސައިޓް

- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން

- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު

މާދަމާ ހުކުރު ދުވަހަށް ވާތީ، މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.

ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް

ރޭގަނޑު: 20:30 އިން 23:00 އަށް

އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް

ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެ ތަންތަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.

ރަށްރަށުގައި މިހާރު މަސް ދަޅު ކޭސް ބަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންދަނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.