އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2018
އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އާ ސަރުކާރު ހަވާލުވި ފަހުން ވެސް މިފްކޯ އަށް 30 މިލިއަން ރުފިޔާދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ. އަޅުގަނޑުމެންގެ ވިސްނުމަކީ އިތުރަށް މިފްކޯ ތަރައްގީ ކުރުން. އަދި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިފްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ކުންފުންޏަށް ގެންނާނެ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިފްކޯއިން މަސްވެރިންގެ އަތުން ކްރެޑިޓަށް މަސްކިރުން ހުއްޓުވާނެ ގޮތްތަކެއް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ މަހު މަސްވެރިންގެ އަތުން ކްރެޑިޓަށް މަސް ކިރުވުމަށް ފަހު ފައިސާ ނުލިބުމާ ގުޅިގެން ގިނަ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރި އެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ފާއިތުވެދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
މަސްވެރިކަމަށް އިންގިލާބެއް ގެނެވިއްޖެ: އަމީރު
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
ރަށްރަށަށް 96 އެމްބިއުލާންސް ގެންނަން ސޮއިކޮށްފި
ކާޑު ގަންނަން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދީފި
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު
މިފްކޯ އަށް ސަރުކާރުން 46 މިލިއަން ރުފިޔާގެ ލޯނެއް
މިފްކޯއާ ހަވާލުވުމުގެ ކަންތައް މި ހަފުތާގައި ފަށަނީ
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި