Roadha Mihaaru
"ވިޝްކާ" މި މަހު އޮޕިމްޕަހަށް އަންނަނީ

"ވިޝްކާ" މި މަހުގެ ފަހުކޮޅު އޮލިމްޕަހުގައި އަޅުވަން ނިންމައިފި

10 ނޮވެމްބަރ 2017

މިހާރު ސިނަމާގައި އޮތް ފިލްމް "ބޮސް" ގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ ޓައިޓްލް ރޯލް ކުޅެ، މިދިޔަ މާޗް މަހު ޝްވެކް ސިނަމާގައި އެޅުވި ފިލްމް "ވިޝްކާ" މި މަހުގެ ފަހުކޮޅު އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ސިނަމާގައި އޮތް ފިލްމް "ބޮސް" ގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ ޓައިޓްލް ރޯލް ކުޅެ، މިދިޔަ މާޗް މަހު ޝްވެކް ސިނަމާގައި އެޅުވި ފިލްމް "ވިޝްކާ" މި މަހުގެ ފަހުކޮޅު އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.

ޕްރޮޑިއުސަރު ރިޝްމީ ބުނީ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައި ވަނީ ފިލްމްގެ ތިން ޝޯ ކަމަށާއި ޝޯތައް ކުރިއަށް ދާނީ މި މަހުގެ 30 އާއި އަންނަ މަހުގެ 1 އަދި 2 ގައި ކަމަށެވެ.

"ވިޝްކާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ކްރައިމް ތުރިލާއެކެވެ. މީގައި ކިޔައި ދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.

"ވިޝްކާ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ރިޝްމީ އާއި ރަވީ ފާރޫގްގެ އިތުރުން އަހުމަދު ސައީދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ރަވީ އެވެ.

"Vishka" balan aailaage meehunaa eku nudhaathi

"Vishka" balan aailaage meehunaa eku nudhaathi

The most trusted news source in the Maldives

Mihaaru

"ވިޝްކާ" އަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެއް.

ރިލީޒް ކުރިތާ ނުވަ މަސް ފަހުން "ވިޝްކާ" އޮލިމްޕަހަށް ގެންނަން ނިންމި އިރު، މި ފިލްމް ވަނީ މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވެސް ދައްކައިފަ އެވެ.

ޔާރާ ޕްރޮޑަކްޝަނުން އުފެއްދި "ވިޝްކާ" އަކީ މި އަހަރު އެޅުވި ދެވަނަ ފިލްމެވެ. އަދި މިއީ 2012 ގައި ރިލީޒް ކުރި "ހިތް ޔާރާ ދީފާ" އަށް ފަހު، ޔާރާ އިން ގެނެސް ދިން ފުރަތަމަ ފިލްމެވެ.