Roadha Mihaaru
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!

ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!

04 ފެބުރުއަރީ 2022

"ޔާރާ ސިސްޓާސް" ގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަގެ ޔާރާ އާއިލާ އެކީގައި ފެންނާނެ ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

"ޔާރާ ސިސްޓާސް" ގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަގެ ޔާރާ އާއިލާ އެކީގައި ފެންނާނެ ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

ބައިސްކޯފުން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީ ސީރީޒް "ޔާރާ" ގެ ޝޫޓިން ނިމި، މިހާރު ވަނީ ފުރަތަމަ ޓީޒާ ވެސް އާންމުކޮށްފަ އެވެ.

މި ސީރީޒްގެ މުހިންމު ރޯލުތަކުން ރިޝްމީ އާއި އައްޒަގެ ކުރީގެ ފިރިންނާއި މިހާރުގެ ފިރިން ވެސް ފެންނާނެ އެވެ. ރިޝްމީ މިހާރު ކައިވެނިކޮށްގެން އުޅޭ ރަވީ ފާރޫގާއި އައްޒަގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އުޅޭނެ އިރު، ރިޝްމީގެ ކުރީގެ ފިރިމީހާ އަހްމަދު އަޒްމީލް (އަޒޭ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް ވެސް ފެންނާނެ އެވެ.

އެ ތަރިން ވަކިވި ފަހުން، އެކީގައި ފިލްމީ މަސައްކަތަކުން ފެންނާނެ މިއީ ފުރަތަމަ ފަހަރެވެ. ރިޝްމީ އާއި އައްޒަގެ މަންމަ އައިމިނަތު ރަޝީދާ ވެސް މި ސީރީޒްގެ ރޯލެއް ކުޅެ އެވެ.

"ޔާރާ" ފިލްމުގެ މަސައްކަތުގެ ފަހަތުގައި އޮތީ ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "އެހެނަސް" ގެ ޓީމެވެ. "އެހެނަސް" ލިޔުނު އަހްމަދު އިގްބާލް (އައިކިއު) ލިޔާ މި ސީރީޒް ޑައިރެކްޓުކުރަނީ އޭނާއާ އެކު ރިޝްމީ އާއި ރަވީ އެވެ. އަދި އެ ސީރީޒުން ތައާރަފުވި ގިނަ އެކްޓަރުންތަކެއް ވެސް މީގެން ފެންނާނެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒްގައި ދެން އުޅެނީ ނުޒުހަތު ޝުއައިބް، ލަމްހާ ލަތީފް، ނަތާޝާ ޖަލީލް، މަރިޔަމް ހަލީމް، ފާތިމަތު ޝަރާ، މުހައްމަދު ވިޝާލް، މަރިޔަމް ވަހީދާ، ޝާއިފް (ޓިކްޓޮކް ޑެވިލް)، ހުސެން ޝަދިޔާން (ސޭންޑީ)، އަދުހަމް، އަހްމަދު ޝާރިފް، އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، އައިޝަތު ގުލްފާމް އަދި އައިޝާ އަލީ އެވެ.

މި ސީރީޒްއާ ގުޅޭ މާ ގިނަ ވާހަކަތަކެއް އަދި ނޭނގޭއިރު، އިގްބާލް ބުނީ މިއީ "ބަލާލަން ވަރަށް މަޖާވާނެ" އަދި ދިވެހި ފިލްމާއި ސީރީޒްތަކުން ކުރިން ނުފެންނަ ސަޅި މަންޒަރުތަކެއް ވެސް މީގައި ހުންނާނެ އެވެ.

"ޔާރާ" ސްޓްރީމިންނަށް ދޫކޮށްލާ ދުވަހެއް އަދި ނޭނގެ އެވެ.