06 ނޮވެމްބަރ 2017
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހުންނަވާތާ މިއަދަށް 1،000 ދުވަސް ހަމަވިއިރު، ކޮންމެ ދުވަހަކީ ވެސް ޝަރުއީ ނިޒާމުގެ ތެރެއިން އޭނާއަށް ދޭ އަނިޔާއެއް ކަމަށް އާއިލާ އިން ބުނެފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހުންނަވާތާ މިއަދަށް 1،000 ދުވަސް ހަމަވިއިރު، ކޮންމެ ދުވަހަކީ ވެސް ޝަރުއީ ނިޒާމުގެ ތެރެއިން އޭނާއަށް ދޭ އަނިޔާއެއް ކަމަށް އާއިލާ އިން ބުނެފި އެވެ.
ނާޒިމްގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް މެންދުރުގެ އިރު ފަދައިން ފާޅުވެފައިވާއިރު، ޝަރުއީ ނިޒާމުގެ ތެރެއިން ފަރުވާއެއް ނުލިބި ހިނގާ ކޮންމެ ހިނދުކޮޅަކީ އެކަމުގެ ސަބަބުން އޭނާ އާއި އާއިލާއަށް އަދި ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށެވެ.
ނާޒިމް ދިރިއުޅުއްވާ ގޭގައި ފިސްތޯލައެއް އޮތީ އޭނާއަށް އެނގިވަޑައިގެން ކަން ބަލާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އެ ފިސްތޯލައިގައި އޭނާގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ލިބިފައިވުން ފަދަ ނާޒިމާ ގުޅުވާލެވޭ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް އާއިލާއިން ބުންޏެވެ. އެކަމަކު ޝަރުއީ ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ފުރުސަތުތަކުން މަހުރޫމުކޮށްގެން ޖަލު ބަންދުގައި ނާޒިމް ގެންގުޅުއްވާތާ މިއަދަށް 1،000 ދުވަސް ހަމަވެފައިވާކަން އާއިލާއިން ވަނީ ފާހަގަ ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ ޝަރީއަތަށް ނާޒިމް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަދި މިއީ އޭނާގެ މައްޗަށް ހިންގާފައިވާ އަނިޔާވެރިކަމުގެ އިންތިހާގައިވާ ޖަރީމާއެއްކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފަ އެވެ. އަދި އެ މައްސަލަ އަލުން ބަލައި ސުޕްރީމު ކޯޓުން އިންސާފުވެރި ޝަރީއަތެއް ހިންގައިދިނުމަށް އާއިލާއިން އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ޖަވާބެއް ލިބިފައި ނުވުމަކީ ޝަރުއީ ދާއިރާއާ މެދު ލަދުވެތިވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ނާޒިމްގެ އާއިލާއިން ބުނީ އެކަށީގެންވާ ޝައްކުތަކެއް އުފެދިފައިވާ ކަމެއްގައި، އެއްވެސް ފަރާތެއް ޖިނާއީ ކުށެއްގެ އަދަބުގައި ހުރުމަކީ އިންސާނީ ތާރީހު ދެކެފައިވާ، ތަމައްދުނާއި ތަހުޒީބުގެ ކުލަ ޖެހުނު އެއްވެސް މުޖުތަމައެއް ގަބޫލު ކުރި ކަމެއް ނޫން ކަމަށެވެ.
"... މުހައްމަދު ނާޒިމްގެ އާއިލާގެ ފަރާތުން އަބަދު ވެސް އުއްމީދު ކުރަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަމުގެ އިހުސާސް ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔުމަށެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.
ސިއްރު ހެކިބަސް ނުނެގުމަކީ ލިބޭނެ ކުރިއެރުމެއް: ފާއިޒު
ފާރަލީކަމަށް ބުނެ ސުޕްރީމްކޯޓްގެ އެސްޖީ ސަސްޕެންޑް
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ރަނގަޅީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ރިޕޯޓް
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް