ޓެރަރިޒަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
07 ނޮވެމްބަރ 2017
ޓެރަރިޒަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ބައެއް ގައުމުތަކުގައި ކައުންޓާ ޓެރަރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިދާރާތަކުގެ މީހުންނަށް އަމާޒުކޮށްގެން ކަނޑޫމާ ރިސޯޓުގައި ފެށި ސަރަހައްދީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެހެންވެ، ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ. ކަމާ ބެހޭ މުއައްސަސާތައް ހާއްސަކޮށް، ހާރިޖީ ސިޔާސަތު ހަރުދަނާކޮށްގެން، އަންނަ ގޮންޖެހުންތައް ކުޑަ ކުރަން ޖެހޭ،" އާދަމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކަށް ފާރަލުމަށް ރައީސް ޔާމީންގެ ޒައާމަތުގައި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ގާއިމުކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެ. ރާއްޖެ އިން ޓެރަރިޒަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެތެރެ އާއި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ހަދައި، އެ އޮނިގަނޑުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާކޮށް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ބަދަލު ކުރުމުގެ މުހިންމު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި 16 ގައުމަކުން 46 މަންދޫބުން ބައިވެރިވެ އެވެ.
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ދިވެހިން ހަނގުރާމަ އަށް ފޮނުވާ މީހުން ދެނެގަނެވިއްޖެ
ޓެރަރިޒަމް ހަމަލާ މަދުކުރަން ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
އަނދިރި ދައުލަތަށް ދީލާލަދިޔަ ދީގެން ނުވާނެ: އީވާ
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ