ރާއްޖޭގައި ހަރުކަށި ފިކުރާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މިންވަރު އޮތް ހާލަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަން ސަރުކާރުގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
10 މެއި 2021
ރާއްޖޭގައި ހަރުކަށި ފިކުރާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މިންވަރު އޮތް ހާލަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަން ސަރުކާރުގެ ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ މިހާރު ޓެރަރިޒަމް އަމަލުތައް ފެންނަން ފަށާފައިވާއިރު އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
"ހާލަތު ބަދަލުކުރަން ވަރަށް ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ. މިހާރު ކަންބޮޑުވާ ހާލަތުގައި މި އޮތީ،" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ހަރަކާތްތައް މަދުކުރަން ބޭނުންވާ ނަމަ ދީނީ ތައުލީމާއެކު، އެކަމަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ. ހަމައެއާއެކު އެ ވާހަކަ ދައްކަންޖެހޭނީ ހަރުކަށި ވިސްނުން ހުންނަނީ ކިހިނެއްކަން ދެނެގަނެގެން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު، ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރު ބެލުމަށް ދެ ދިރާސާއެއް ހެދި އެވެ. ރަށްރަށުގައި ހަރުކަށި ފިކުރާއި ދީނީ ހިޔާލު ތަފާތުވުންތައް އުޅޭ މިންވަރާއި އެ ފިކުރުގެ މީހުން އެ ދިރާސާތަކުން ވަރަށް ރަނގަޅަށް އެނގެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެކަމާ ދެކޮޅު މަސައްކަތްތައް ކުރަންޖެހޭނީ އެ މައުލޫމާތުތަކަށް ބިނާކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެ ކަންކަމުގެ އަލީގައި އަސްލު ގަދަބަސް ބުނެފައި ކަންކަން ކުރީމާ އޭގެ ސަބަބުން އުފެދޭ ނަފްރަތާއި ބަދަލު ހިފުމުގެ ރޫހު އިތުރަށް ބޮޑުވާނެ. އޭގެ ބަދަލުގައި ރޫޓް ކޯޒްއަކީ ކޮބައިކަން ދެނެގަނެފައި އެއަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ،" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ވިދާޅުވި އެވެ.
ހާލަތު ބަދަލުކުރަން ވަރަށް ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ. މިހާރު ކަންބޮޑުވާ ހާލަތުގައި މި އޮތީ: އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު ނުވަތަ ދީނީ ހިޔާލު ތަފާތުވުންތައް ނޫޅޭ ރަށެއް ވަރަށް މަދުވާނެ ކަމަށާޢި ވަރަށް މާނަވީ ގޮތެއްގައި މުޅި ސޮސައިޓީ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ރާއްޖެ މިދާ މިސްރާބާ ދޭތެރޭގައި ވިސްނައި، ވާން އުޅޭ ގޮތާ މެދު ވިސްނައި ހިޔާލު ތަފާތުވާ ކަންކަމުގައި ހަމައެކަނި އިންޓަނެޓުން ލިބޭ މައުލޫމާތަށް ވުރެ ބޮޑަށް ރަނގަޅު ދީނީ އިލްމުވެރިންގެ ފަރާތުން ރަނގަޅު މައުލޫމާތު ދޭންޖެހޭ. [އެ މައުލޫމާތު] ނުލިބޭ ކަމަށްވާ ނަމަ މި މައްސަލަ ހައްލެއް ނުވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލައަކީ ހަމައެކަނި އެއްބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މައިންބަފައިންނާ ހަމައިިން އެކަމުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. މިސާލަކަށް ކުއްޖާ އަށް އަންނަ ބަދަލުތަކާއި ކުއްޖާގެ ސިކުނޑި އަށް ނުފޫޒު ފޯރުވާ މީހުންނާއި އެއީ ކޮން ކަހަލަ ނުފޫޒެއްކަން ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ސަރުކާރުން، އަމިއްލަ ޖަމިއްޔާތަކާ ވެސް ގުޅިގެން މައްސަލަތަކަށް ހޭލުންތެރިކުރުވަންޖެހޭ ކަމަށް އާދަމް ޝަރީފް އެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ދީނީ ހިޔާލު ތަފާތުވުންތައް އުފެދެން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ކަމަށެވެ. އެކަމަކު ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށް މައުމޫން ތަފާތު މަސައްކަތްޕުޅުތަކެއް ކުރައްވައި ފިޔަވަޅުތައް އެޅުއްވި ކަމަށް ވިދާޅުވި އެވެ.
އެއަށް ފަހު އައީ ވަރަށް ބޮޑަށް ބަދަލުވި ދުވަސްތަކެއް ކަމަށާއި ދީނީ ހިޔާލުތަކުގެ ތެރެއިން ވަރަށް ވަރުގަދައަށް މައުމޫންއާ ޗެލެންޖުކޮށް، އެ މަނިކުފާނުގެ ވިސްނުންފުޅު ގޯސްކޮށް ވާހަކަ ދައްކަން ފެށުނު ކަމަށް ވިދާޅުވި އެވެ.
"އެ ހިސާބުން ފެށިގެން ތަފާތު ފިކުރެއްގެ ގޮތުގައި ވާހަކަ ދެއްކެވި އަދި އެއީ ހަރުކަށި ފިކުރުގެ ގޮތުގައިި ނަން ކަނޑައެޅުނީ. އޭރު ހިލާފު އުފެދުނީ ދީނުގައި ހުރި ވަކި މައްސަލަތަކެއްގެ މައްޗަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ. "....ފަހަކަށް އައިސް ސީރިޔާ ތަންތަނަށް ދެވޭނެ މަގު ވެސް ފަހިވެ ތަންކޮޅެއް ބޮޑަށް އެކްސްޓްރީމް ވިސްނުން ރާއްޖޭގައި މީހުންގެ ސިކުނޑިތަކަށް އަންނަން ފެށީ ބޮޑަށް އިންޓަނެޓުގެ ޒަރިއްޔާ އިން ލިބޭ މައުލޫމާތާއި އިސްލާމްދީނުގެ އެންމެ ސައްހަ ނޫން މައުލޫމާތު ލިބެމުން މިހެން ގޮސް އަސްލު މި ހުރިހާ ކަމެއް ގޮސް މިއަދު މިހާ ހިސާބަށް ކަންތައްތައް އައިއިރު ދީނީ ހައްދުފަހަނާ އަޅައި ދިއުމުގެ ފިކުރާއި އެކްސްޓްރީމިޒަމާއި، ހާއްސަކޮށް ޓެރަރިޒަމަށް މި ބައިތައް ގުޅިގެން އަންނަނީ."
ނަމަވެސް ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބައެއް ކަމަށާއި އަދި ޓެރަރިޒަމާ ދެކޮޅު މީހުން ގިނަ ގައުމެއްކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ ދީނީ ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުގެ ވަރަށް ނުރައްކާތެރި ވިސްނުން ގެންގުޅޭ މީހުން އެބަތިބި ކަމަށެވެ. އެ މީހުން ގަބޫލުކުރާ ފިކުރުގެ މީހުން ނުވަތަ އެ މީހުން ގަބޫލުކުރާ ގޮތަށް ވާހަކަ ދައްކާ ބަޔަކު ފިޔަވައި އެހެން މީހުންނަކީ ލޭ ހުއްދަވާ ބައެއްގެ ގޮތުގައި އެ މީހުންގެ ވިސްނުން ހުންނަ ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: ޕޮލިސް
"އެ މީހުންނާ ވެސް އެބަ ޖެހޭ ސީދާ މުއާމަލާތުކޮށް ވާހަކަ ދައްކަން. އެ މީހުންނަށް ވެސް އެބަޖެހޭ ރަނގަޅަށް އޮޅުން ފިލުވައިދޭން. ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރަނީ އަބަދުވެސް ދައްކާ ވާހަކައެއް މިއީ، އަސްލު ދީނީ ހައްދުފަހަނައަޅައި ދިއުމުގެ ނަމުގައި ރާއްޖޭގައި މި އުޅެނީ މުޅިން ތަފާތު އެހެން މައިންޑްސެޓެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދީނީ އިލްމުވެރިންނަކީ މިހުން މަރަން ގޮވުން ފަދަ ޓެރަރިޒަމަށް ހިތްވަރުދޭނެ ބައެއް ނޫނެވެ. އެ ކަހަލަ ކަންކަން ކޮށްފައި ހުންނަނީ ހަގީގަތުގައި ދީނީ އިލްމު ރަނގަޅަށް ސާފުނުވާ ބައެއް ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް އެބަ ޖެހޭ އަސްލު ދީނީ ހޭލުންތެރިކަން އިތުރު ކޮށްދޭން އަދި ރަނގަޅު ގޮތްތައް ވިސްނައިދޭން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވިޔަސް އިސްލާމް ދީނަށް ބަދުބަސް ބުނާ މީހުން ތިބޭކަން ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދީނީ ހަރުކަށި ފިކުރާއި ވަކި ދީނެއް ގަބޫލުނުކުރާ ފިކުރު، މި ދެ ފިކުރު ޖެހުނީމަ އަލިފާން އެޅޭނީ. އެހެންވީމާ ވަރަށް ބޮޑަށް އެބަޖެހޭ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީވެ އެތީސްޓުން ނުވަތަ ދީނެއް ގަބޫލުނުކުރާ މީހުންގެ ފިކުރު ނުވަތަ އެކަން މަދުކުރުމަށްޓަކައި އެ ފަދަ ފަރާތްތައް ވެސް ދެނެގަނެ އެ ފަރާތްތަކަށް ވެސް އެބަޖެހޭ ރަނގަޅަށް ވިސްނައިދޭން މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާއެކީގައި މި އެންމެން އެކަތިގަނޑަކަށް ވެގެން އުޅުމަށްޓަކައި އަސްލު އެންމެ ވަރުގަދަ އަސާސަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުންކަން ގަބޫލުކޮށްގެން އެ މަގަށް އަސްލު ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ."
އޭނާ ވިދާޅުވިގޮތުގައި ސިޔާސަތުތަކަށް ބަދަލު ގެންނައިރު ޓެރަރިޒަމް ފަދަ އަމަލެއް ހިންގަފާނެ ކަމަށް ބެލެވޭ މީހުންނަށް ދުރާލާ ވިސްނައި އެ މީހުންގެ ހަރަކާތްތައް ރަނގަޅަށް ބަލައި ސިކުނޑިތައް ބަދަލުވާ ސަބަބު ދެނެގަންނަން ޖެހެ އެވެ.
މި ސަރުކާރު އައި ފަހުން ވެސް ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިނުމާއި މަޑުއްވަރީން ދޯންޏެއްގައި ގޮސް އއ. އަތޮޅުގައި ހަމަލާ ދިނުން ފަދަ މީގެ ކުރިން ނުހިނގާ ވަރަށް އެ ކަންތައްތައް ކުރިމަތިވާ ކަމަށާއި މިހާރަށް ވުރެ ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ގޮތްތަކަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަލިމަނިކުގެ ދިފާއަކީ ރައީސް ދެއްވި މާފު!
ނަޝީދަށް ހަމަލާދިން އަދުހަމްގެ މުޅި ޝަރީއަތް ސިއްރު
ނަޝީދަށް ހަމަލާ ދިން ކަމަށް އަދުހަމް އެއްބަސްވެއްޖެ
ހަމަލާގެ ތުހުމަތު ކުރެވޭ ނާޒިމަށް އެހެން ދައުވާއެއް
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
ހަމަލާ ދިން މީހުން ދައުލަތް ގަބޫލެއް ނުކުރޭ
ހަމަލާގެ ބައިވެރިން އޮޅުވާލައިގެން އިމްކަމް ސަޕޯޓް ހޯދި