ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތްކުރުމަށް ބައެއް ދިވެހިން ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
09 ނޮވެމްބަރ 2017
ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތްކުރުމަށް ބައެއް ދިވެހިން ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މުޖުތަމައުގައި ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ދިވެހި ބަހުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފާޑުކިޔައި ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި ދީނުގެ ހުކުމްތައް އޮޅުވާލައި އޭގެ ހަގީގަތް ނޭނގޭ މީހުންނަށް ކިޔައިދެމުންދާތީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ވަރަށް ފުޅާ ދާއިރާއެއްގައި އާއްމުވަމުން ދާތީ ކަމާ ބެހޭ ފަރާތްތަކާއެކު އެކަން ހުއްޓުވުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން މި ފެއްޓީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްލާމް ދީނަށް ހަޖޫ ޖަހައި ސޯޝަލް މީޑިއާގައި ދިވެހި ބަހުން ހިންގާ ޕޭޖުތައް ވެސް ހުއްޓުވާނެ އެވެ. އަދި ވަކިން ގޭގެ އަށް ގޮސް، އެކަމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހީމް އަހުމަދު ވިދާޅުވީ މި ފަދަ ޕޭޖުތައް ހުއްޓުވައިގެން ގިނަ ފަހަރަށް އޭގެ ނަތީޖާ ނުފެންނަ ކަމަށާއި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މި ފަދަ ޕޭޖުތައް ހުއްޓުވުމުން، އެ މީހުންގެ މަސައްކަތް މާ ވަރުގަަދަ ކުރެ އެވެ. އެހެންވެ، އެންމެ ރަނގަޅު ގޮތަކީ އެ މީހުންނާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވޭތޯ ބެލުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު އެއީ ވެސް މާ ފަސޭހަކަމެއް ނޫން. މި ފަދަ ޕޭޖުތައް ހިންގަފާނެ ރާއްޖޭން ބޭރުގައި ތިބެގެން ވެސް. އެހެންވެ، އެ މީހުން ހޯދައި ވާހަކަ ދައްކާކަށް ފަސޭހައެއް ނުވާނެ. އަދި އަޅުގަނޑުމެންނާ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވާނެ،" އިބްރާހިމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމަށް، ދީނުގެ ހުކުމްތައް އޮޅުވާލައިގެން ދައްކާ ވާހަކަތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ މިފަދަ އަމަލުތައް ހުއްޓުވޭނީ އެ މީހުން ހޭލުންތެރިކޮށްގެން ކަމަށާއި އެކަމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ އެކި ގޮތްގޮތުން މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްފައި. މިނިސްޓްރީގެ އެކި ގޮފިތަކުން އެކަން ކުރި. އެކަމަކު މިހާރު ހެދިފައިވާ ގާނޫނުތަކުގެ ދަށުން އަޅުގަނޑުމެން އެކި މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ފުޅާކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އޮތް ގޮތަށް ކުރިން އެ ރިޕޯޓެއް ނެތް: ޒިޔާދު
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަަ ބަލައިދޭން އެދިއްޖެ
ދީނަށް ފުރައްސާރަކުރުން ހުއްޓުވާނަން: މިނިސްޓްރީ
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
އެމްއޭސީއެލްގެ ރޯދަ ހަދިޔާއަށް އެޕްލިކޭޝަނެއް
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ