ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
12 ނޮވެމްބަރ 2017
ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ޝެޑިއުލް ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ދާނަމަ 2018 ގެ މެދުތެރޭގައި މި އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ،" އެއާޕޯޓް އަޅާނެ ކަމުގެ ޔަގީންކަން ކުޅުދުއްފުށީ ރައްޔިތުންނަށް ދެއްވަމުން ޒަމީރު ވިދާޅުވި އެވެ.
އެކަމަކު ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރާނެ ބައެއް، އަދި އެކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކުން ލިބޭ ޚިދުމަތް އެ އެއާޕޯޓުން ވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ޒަމީރު ވިދާޅުވީ ކުޅިން ހިއްކަނީ 30 ޕަސެންޓް ކަމަށާއި ބާކީ 70 ޕަސެންޓް ރައްޔިތުންނަށް ލާބަ ލިބޭ މަސައްކަތް ކުރުމަށް އޮންނާނެ ކަމަށެވެ.
ކުޅި ހިއްކުމާއެކު ކުޅުދުއްފުށީގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވެދާނެތީ، އޭގެ ހައްލު ވެސް ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓުން ސީދާ ފައިދާތަކެއް ނުވި ނަމަވެސް އެއާޕޯޓް އެޅުމުން އެ ސަރަހައްދުގައި ރިސޯޓްތައް ހުޅުވި ގެސްޓް ހައުސްގެ ވިޔަފާރިތަކާއެކު ރައްޔިތުންނަށް ފައިދާވާން ފަށާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވިއިރު، ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް ޔާމީން މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމުން، ކުޅުދުއްފުށީގެ ރައްޔިތުން ވަނީ އެމަނިކުފާާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުން ރަސްމީކޮށް ފެށުމުގެ މުނާސަބަތާއެކު އެ ރަށަށް ބޮޑު އީދެއް އައިސްފައިވާއިރު، އެއީ ކުޅުދުއްފުށީގެ ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. އަދި އެއީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ބިން ހިއްކަން ފަށައިފި
ގޮނޑުދޮށް ހިމާޔަތްކުރުމުގެ 2ޕްރޮޖެކްޓެއް އެމްޓީސީސީއަށް
ކުޅުދުއްފުށީ އެއާޕޯޓްގެ ޗެކިން ޖޯކަކަށް!
ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް މިއަހަރު ނިމޭނެ:ރައީސް
ވާރޭގައި ރައްޔިތުންނަށް ރައީސް އާދޭސް ދަންނަވައިފި
އެއާޕޯޓް ހުޅުއްވައިދެއްވަން ރައީސް ކުޅުދުއްފުއްޓަށް
ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!
ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ