Roadha Mihaaru
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ޕޮލިހަށް

ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ޕޮލިހަށް

22 މެއި 2016

ޕްރެޒިޑެންޓްސް ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް ކްލަބް ބަލިކޮށް ޕޮލިސް ކްލަބުން ރޭ ހޯދައިފި އެވެ. މިއީ ޕޮލިސް މި މުބާރާތް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕްރެޒިޑެންޓްސް ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް ކްލަބް ބަލިކޮށް ޕޮލިސް ކްލަބުން ރޭ ހޯދައިފި އެވެ. މިއީ ޕޮލިސް މި މުބާރާތް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ތިން ވަނަ ފައިނަލް މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ކުރިން ކުޅުނު ދެ ފައިނަލް ވަނީ އެއް މެޗު އެއް މެޗުން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-19، 25-22 އަދި 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޕޮލިހުގެ ހައްވާ ރާޝިދާ އަށެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ޕޮލިހުގެ ހައްވާ، ހައްވާ ސަހާ، ފާތިމަތު ޖޫޒަން އަދި ފާތިމަތު ޒީނިޔާގެ އިތުރުން މޯލްޑިވިއަންގެ އައިޝަތު މާޖިދާ، އައިޝަތު އިމްތިނާން އަދި ސިލްމާ ޒާހިރެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިހުގެ އައިމިނަތު އަރީޝާ ހޮވުނުއިރު، 21 އަަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޕޮލިހުގެ ޖޫޒަން އަށެވެ.

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މޯލްޑިވިއަން އާއި ޕޮލިސް ކުޅެނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މޯލްޑިވިއަން އާއި ޕޮލިސް ކުޅެނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ޕޮލިހުގެ މައުމޫރު މުހައްމަދަށެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ތިން ޓީމެވެ. އެއީ މޯލްޑިވިއަން އާއި ޕޮލިހުގެ އިތުރުން ޔޫތު ނިއު ޖެނެރޭޝަން އެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށް ފަހު އެއް ވަނަ ޓީމުގެ ގޮތުގައި ޕޮލިހުން ފައިނަލުގެ ޖާގައެއް ހޯދި އެވެ. ފައިނަލުގެ ފަހު ޖާގަ މޯލްޑިވިއަނުން ހޯދީ ސެމީގައި ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.