މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދި މައްސަލައެއްގައި ކުށްވެރިވި މީހާގެ އަދަބު ހައި ކޯޓުން ބޮޑުކޮށްފައި ވަނިކޮށް، އެެ މީހާގެ އިތުރު މައްސަލައެއްގައި ވެސް ހައި ކޯޓުން އޭނާގެ އަދަބު ބޮޑުކޮށްފި އެވެ.
މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދި މައްސަލައެއްގައި ކުށްވެރިވި މީހާގެ އަދަބު ހައި ކޯޓުން ބޮޑުކޮށްފައި ވަނިކޮށް، އެެ މީހާގެ އިތުރު މައްސަލައެއްގައި ވެސް ހައި ކޯޓުން އޭނާގެ އަދަބު ބޮޑުކޮށްފި އެވެ.
އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއްގައި ދަފްތަރު ނަމްބަރު 2218، މުހައްމަދު ވަހީދު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އޭނާގެ އަދަބު ބޮޑުކޮށް، އިތުރު އެއް އަހަރާއި ދެ މަހާއި 12 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.
އެފަދަ އިތުރު މައްސަލައެއްގައި ވެސް ވަހީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން އިއްޔެ ވަނީ އޭނާގެ އަދަބު ބޮޑުކޮށްފަ އެވެ.
މިފަހަރު ވަހީދުގެ އަދަބު ހައި ކޯޓުން ބޮޑުކުރީ އޮޅުވާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އަތުން ހޯދި މައްސަލައެއްގައި، އޭނާގެ މައްޗަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ކްރިިމިނަލް ކޯޓުން ހުކުމްކުރީ އެ މައްސަލާގައި ދެ މަހާއި 12 ދުވަހަށް ވަހީދު ޖަލަށް ލުމަށް ކަމަށް ވިޔަސް ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އޭނާއަށް ދޭން ޖެހޭނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ
އެހެންވެ، އެ ދެ މައްސަލަ އެއްކޮށްލުމުން ވަހީދު އިތުރަށް ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ހަތަރު އަހަރަށް މިހާރު ވަނީ އިތުރުވެފަ އެވެ.
ހައި ކޯޓުން ވަހީދުގެ އަދަބު ބޮޑުކުރީ އޭނާ އެ ކުށްކުރި ގޮތާއި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭތީ އެވެ. އެ ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ވަހީދު އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ އެކި ދުވަސްމަތިން ކަމަށް ވާތީ ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ވަހީދުގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހެ އެވެ.
ވަހީދަކީ 2009 ގައި މާލޭގައި އަނިޔާކޮށް، މަރާލި އަށް މަހުގެ މުހައްމަދު ނާފިއުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި މީހެކެވެ. އެކަމަކު އެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް
18 މިލިއަންގެ ހީލަތް: ފަސް އަހަރަށް ޖަލަށް
ހީލަތުން ނެގި 18 މިލިއަން: އެކަކު ކުށްވެރިވެއްޖެ
އެމްއެންބީސީގެ ފައިސާއަށް ޚިޔާނާތްވި މީހާ ސަލާމަތެއްނުވި
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ޑްރަގު ވިއްކާކަމަށް ތުހުމަތުކުރާ ދެ މީހުން ދޫކޮށްލައިފި