Roadha Mihaaru
ސިފައިން ހަތިޔާރާއެކު މާލޭގައި ތަމްރީންތަކެއް ހަދަނީ

ސިފައިން ހަތިޔާރާއެކު މާލޭގައި ތަމްރީންތަކެއް ހަދަނީ

16 ނޮވެމްބަރ 2017

ސިފައިން ހަތިޔާރާ އެކު މާލޭގައި އަންނަ ހަފުތާގައި ތަމްރީންތަކެއް ހެދުމަށް ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިފައިން ހަތިޔާރާ އެކު މާލޭގައި އަންނަ ހަފުތާގައި ތަމްރީންތަކެއް ހެދުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި އަންނަ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށީގައި ބާއްވާ މި ތަމްރީންތަކުގައި އެއްގަމާއި ކަނޑުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގައި އޮންނަ ތަމްރީންތަކުގައި އާމަޑް ވެހިކަލްތައް ބޭނުންކުރާނެ އެވެ. މީގެ އިތުރުން ޓްރޭނިން ސިމިއުލޭޓާސް ވެސް ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް ސިފައިން ބޭނުން ކުރާ ހަތިޔާރުތަކުގެ ތެރޭގައި އާންމުންނަށް ގެއްލުން ލިބޭނެ އެއްވެސް އާލާތެއް ނުހިމެނޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ތަމްރީންތައް ކުރިއަށް ގެންދަނީ ކޮންމެ އަހަރަކު ހިންގަމުން އަންނަ "އެކްސަސައިޒް ރަންނަމާރި ހަންޓު" ގެ ދަށުންނެވެ. މިއީ ފަހަކަށް އައިސް ސިފައިން ހަތިޔާރާއެކު މާލޭގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ. ސިފައިން މިހާރު ވެސް ދަނީ ހަތިޔާރާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޯރިމަރަމުންނެވެ.