ރޭ ދަންވަރު މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވެއްޖެ އެވެ. އެއީ މުޅިން ވެސް އެ ގަރާޖުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
ރޭ ދަންވަރު މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވެއްޖެ އެވެ. އެއީ މުޅިން ވެސް އެ ގަރާޖުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
ރަސްމީ އިދާރާތަކުން ދީފައިވާ މައުލޫމާތުން މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ.
ރޯވި ގަރާޖުގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފުލުހުން މީޑިއާއަށް ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖުގައި ރޯވި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެކަކު މަރުވީ ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ. އޭގެ ފަހުން ވަނީ އިތުރު ބައެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެފަ އެވެ.
މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ރެސްޕޮންސް ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އަލިފާނުގެ ހާދިސާ ހިނގިތަން އަނދައި ހުލިވެފައި. ސިފައިންގެ ޓީމުތަކުން އަންނަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތްތޯ ބެލުމަށް މިތަން އަދިވެސް އިތުރަށް ބަލަމުން. މިހާތަނަށް ނުވަ މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައިhttps://t.co/2pOSvjIsup pic.twitter.com/gk13A1A9FB
— niumath (@niumath) November 10, 2022
ރޯވި މ. ސެންރޯސް ހުޅަނގު ބަޔަކީ ތިން ބުރިއަށް، ލަކުޑި ޑެކް އަޅައިގެން ހަދާފައި ހުންނަ ތަނެކެވެ. އެ ހިސާބުގައި އުޅޭ މީހުން ބުނި ގޮތުގައި އެއީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. އެ ގެޔާ ޖެހިގެން ހުންނަ ސެންރޯސް ގެޔަށް ވެސް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެ ބިއްލޫރިތައް ވަނީ ތެޅިފަ އެވެ.
ރޯވި ގަރާޖަކީ މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.
ފުލުހުން ބުނި ގޮތުގައި ރޭގެ ހާދިސާ ހިނގި ތަނުން 14 މީހަކު ސަލާމަތްކުރެވުނެވެ.
އަލިފާނުގެ ހާދިސާ ހިނގި ތަނުން އަދިވެސް ދަނީ ދުން އަރަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ހާދިސާ ހިނގި ސަރަހައްދުގައި އިމަޖެންސީ ރެސްޕޮންސް ޓީމުތަކާއި ވެހިކަލްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޕާކުކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއިން އެތައް ސައިކަލެއް ހަލާކުވެ ބައިތައް ހުރީ ބިންމައްޗަށް އެޅިފަ އެވެ. އެތާ ކައިރީގައި އޮތް ކާރެއް ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ހިސާބުގައި އުޅޭ މީހަކު ކިޔައިދިން ގޮތުގައި ރޭ 10 ޖެހިއިރު ވެސް ދުން ވަސް ދުވި އެވެ. އަދި އޭގެ ފަހުން މީހުން މީހުން ނިދާފައި ތިއްބާ އަޑުފައްގަނޑު ގަދަވެގެން ނުކުތް އިރު ރޯވެ އަނދަނީ އެވެ. ރޯވި ފަހުން އެތަނުން ނުކުމެވުނީ ހަތަރު މީހަކަށް ކަމަށް، މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
"މިތާ އުޅޭނެ ކަމަށް ބެލެވެނީ ފަނަރަ ވަރަކަށް މީހުން. ހަތަރު މީހަކު ނުކުމެގެން ދަނިކޮށް ފެނުނު،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ރޯވި ތަނަކީ ވަރަށް ތޮއްޖެހުން ބޮޑުކޮށް، ރައްކާތެރިކަން ކުޑަކޮށް ހުރި ތަނެކެވެ.
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ލަފާކުރަނީ ގަސްދުގައި ކެފޭގައި ބަޔަކު ރޯކުރީ ކަމަށް
ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް
މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް
ޝައުނާގެ ފޯނުކޯލާއި މެސެޖުތައް ބެލުމުގެ އަމުރެއް ނުދިން