Roadha Mihaaru
ފްލެޓް އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއު ފަށައިފި

ފްލެޓް އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައިފި

18 ނޮވެމްބަރ 2017

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެންމެ އިފްތިތާހު ކޮށްދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެންމެ އިފްތިތާހު ކޮށްދެއްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ކުލަގަދަ ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހު ކުރުމާއެކު ވަނީ ހަވާ އަރުވައިފަ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ބަޔަކު، މި މަޝްރޫއު ފެށުމުގެ ޖަލްސާގައި ބައިވެރިވި އެވެ.

"ހިޔާ"ގެ ނަމުގައި ފަށާ މި މަޝްރޫއުގެ ދަށުން ސަރުކާރު ނިސްބަތްވާ ކުންފުނިތަކާއި ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް ދެ އެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގައި، ސަރުކާރުން ކުންފުނިތަކަށް ދެނީ ބިމެވެ. އެ ތަނުގައި ފްލެޓް އަޅާނީ އެ ކުންފުންޏަކުން އަމިއްލަ އަށެވެ.

މީގެ ކުރިން ވަނީ ޑޮކްޓަރުންނާއި ކަސްޓަމްސް މުވައްޒަފުންގެ އިތުރުން އިމިގްރޭޝަން މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންނަށް ފްލެޓް ދޭން ނިންމައިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ.