ކުދިންގެ ބަރުދަނާ ގުޅޭ ގޮތުން އެ ކުދިން ލަދުގަންނަ ގޮތަށް ވާހަކަ ނުދެއްކުމަށް އެެމެރިކާގެ ޑޮކްޓަރުން އިންޒާރު ދީފި އެވެ. ކުދިން ލަދުގަންނަވާ ނަމަ ބަރުދަން ލުއިކުރުމަށް އެ ކުދިންނަށް ހިތްވަރު ނުކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.
22 ނޮވެމްބަރ 2017
ކުދިންގެ ބަރުދަނާ ގުޅޭ ގޮތުން އެ ކުދިން ލަދުގަންނަ ގޮތަށް ވާހަކަ ނުދެއްކުމަށް އެެމެރިކާގެ ޑޮކްޓަރުން އިންޒާރު ދީފި އެވެ. ކުދިން ލަދުގަންނަވާ ނަމަ ބަރުދަން ލުއިކުރުމަށް އެ ކުދިންނަށް ހިތްވަރު ނުކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.
ކުދިން މާ ފަލަ ނަމަވެސް އެކަމާ ބެހޭގޮތުން މަލާމާތްކޮށް ލަދުގަންނަވާ ނަމަ އޭގެ ނުރަނގަޅު އަސަރުތައް ކުދިންނަށް ކޮށް ނޭދެވޭ ކަންތައްތައް ކުރަން އެކުދިންނަށް ހިތްވަރު ލިބެ އެވެ. އޭގެ ތެރޭގައި މާ ގިނައިން ކެއުމާއި ހަރަކާތްތެރިވެ އުޅުން ދޫކޮށްލުން އަދި މުޖުތަމައުގައި އުޅޭ އެހެން މީހުންނާ ނުވަތަ ކުދިންނާ އެކަހެރިކޮށް އުޅެން ފެށުމާއި ގަވާއިދުން ހަދަން ޖެހޭ މެޑިކަލް ޓެސްޓްތައް ނުހަދަން ބަހަނާ ދެއްކުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އާއި އޮބޭސިޓީ ސޮސައިޓީ ގުޅިގެން ނެރުނު ޕޮލިސީ ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.
"ޕޮޒިޓިވްކޮށް އެކަން ބާއްވާ. އަހަރެމެންނަށް އެނގޭ ބަދަލު ގެނައުމަކީ އުނދަގޫ ކަމެއްކަން. އަދި ބަލިމީހުންނަށް އެމީހުންގެ ބައެއް ގޯލުތަކަށް ވާސިލުވުމަށް ވަރަށް މައްސަލަތައް ދިމާވާނެ. ނަމަވެސް މި ގޮންޖެހުންތަކުން އަރައިގަނެވޭނީ ވަރަށް ކެތްތެރިކަމާ އެކު ކުރިޔަށް ގޮސްގެން،" މި ސްޓޭޓްމަންޓްގައިވެ އެވެ.
އާދަޔާޚިލާފަށް ފަލަ ކުދިންނަށް ޑިޕްރެޝަނާއި އަމިއްލަ ނަފްސު ދެރަކޮށްލުން އަދި ހިތް ނުތަނަަވަސްކަން ފަދަ މައްސަލަތައް ދިމާވެ އެވެ. އެހެންކަމުން މިފަދަ ކުދިންނަށް މަލާމާތްކޮށް ލަދުގަންނަވާ ނަމަ މި މައްސަލަތައް އިތުރަށް ގޯސް ވާނެ އެވެ.
އެންމެ ރަނގަޅު ގޮތަކީ ކުދިންނަށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމެވެ. އަދި ޓީވީ ޝޯތަކުން ފެންނަ މަންޒަރުތައް ފަދައިން އޭނާއަށް ވެސް ހިތްވަރު ކޮށްލެވިއްޖެ ނަމަ އަމާޒަށް ވާސިލުވެވިދާނެ ކަމުގެ ޔަގީންކަން ދިނުމެވެ.
ފަލަބައްޔަކީ އެމެރިކާގެ ކުދިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސިއްހީ ވަަބާ އެވެ. އެ ގައުމުގެ ކުދިންގެ ތެރެއިން އުމުރުން ދެ އަހަރާއި 19 އަހަރުގެ ތިން ކުއްޖަކުން އެއް ކުއްޖަކީ މިހާރު ފަލަބަލި ޖެހިފައިވާ ކުއްޖެކެވެ.
މި ކުދިންނާމެދު ތަފާތުކުރުން ގެންގުޅުމާއި ލަދުގަންނަ ކަހަލަ އަމަލުތައް ކުރުމަކީ އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުތައް ކޮށް އާދައިގެ ދިރިއުޅުމެއް އުޅެން ދަތިވާނެ ކަމެކެވެ. އަދި ކުދިން އެކަހެރިވެ ލަދުގަނެ ދެރަވާން ދިމާވާނެ ކަމެކެވެ. ބަރުދަން އިތުރުވުމުން އެކަނިވެސް ކުދިން ބުލީގެ ޝިކާރަައަކަށްވެ ސިކުނޑިއަށް އިންތިހާއަށް އުނދަގޫވާން ދިމާވެ އެވެ.
މި ސްޓޭޓްމަންޓްގައި ކުޑަކުދިންނަށް ފަރުވާ ދޭ ޑޮކްޓަރުންނަށް އިރުޝާދު ދީފައިވަނީ އެ ކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން، ކުދިން ލަދުގަންނަން ނުޖެހޭ ފަދަ ގޮތަކަށް އެ ކުދިންގެ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމަށެވެ.
ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
އެވަކާޑޯ މިއީ ޑައެޓް ފުރިހަމަކޮށްލަން މޮޅު މޭވާއެއް
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް
ޔުނިލީވާ އިން އައިސްކްރީމް އިޝްތިހާރުކުރުން ހުއްޓާލަނީ
ހުނަރު ވަޒަންކުރާނީ މީހާގެ ބަރުދަނަކުން ނޫޏް: ސޮނާކްޝީ
އާއިލާ ރޫޅުމުން ދަރިންގެ ސިއްހަތަށް ވެސް އަސަރުކޮށްފާނެ
ހެނދުނަށް ވުރެ ހަވީރު ކެލަރީ އަނދާލެއް ގިނަ
ހިކެން ބޭނުން ނަމަ މި ކަންކަމަށް ސަމާލުވޭ