16 އެޕްރީލް 2021
ދުޅަހެޔޮ ސިއްހަތަކަށް ބެލެންސް ޑައިޓެއް ތަރުތީބުކުރާ އިރު، އޭގެ ތެރޭގައި އެވަކާޑޯ ހިމެނުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ އެވެ. ސަބަބަކީ މި މޭވާ އަކީ ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗަކަށްވުމެވެ.
ދުޅަހެޔޮ ސިއްހަތަކަށް ބެލެންސް ޑައިޓެއް ތަރުތީބުކުރާ އިރު، އޭގެ ތެރޭގައި އެވަކާޑޯ ހިމެނުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ އެވެ. ސަބަބަކީ މި މޭވާ އަކީ ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗަކަށްވުމެވެ.
ރާއްޖޭގެ ބާޒާރުން ފަސޭހަކޮށް ލިބެން ހުއްޓަސް، އަގަށް ބަލައިފި ނަމަ އެވަކާޑޯ އަކީ ތަންކޮޅެއް އަގު ބޮޑު މޭވާއަކަށް ވެދާނެ އެވެ. އެހެން ވިޔަސް ހަފުތާއަކު އެއް ފަހަރު ނުވަތަ މަދުވެގެން މަހަކު ދެ ފަހަރު ނަމަވެސް ޑައިޓްގައި އެވަކާޑޯ ހިމަނައިލެވިދާނެ އެވެ.
މި މޭވާ އަކީ ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއަކުން މުއްސަނދި އެއްޗެކެވެ. އެވަކާޑޯއެއްގެ ފަސް ބައިކުޅަ އެއްބައި ނުވަތަ 40 ގްރާމަށް ބަލާ ނަމަ އެއީ 64 ކެލަރީ، ގާތްގަނޑަކަށް ހަ ގްރާމް ފެޓް، 3.4 ގްރާމްގެ ކާބޮހަިއޑްރޭޓްސް، ގްރާމަކަށް ވުރެ މަދު މިންވަރުގެ ހަކުރު އަދި ގާތްގަނޑަކަށް ތިން ގްރާމްގެ ފައިބަރެވެ.
އެވަކޯޑާގައި ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ/އީ،ކޭ އަދި ވިޓަމިން ބީ-6، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ހިމެނެ އެވެ. މީގެ އިތުރުން ލުޓީން، ބީޓާ-ކެރޮޓީން އަދި އޮމެގާ-3 ފެޓީ އެސިޑް ހިމެނެ އެވެ.
އާންމުކޮށް އެވަކާޑޯ ބޭނުންކުރާ ގިނަ ބަލިތަކުން ރައްކާތެރިކޮށް ދޭން ބާރަކަށް ވާނެ އެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި ފަލަބައްޔާއި ހިތުގެ ބަލިތައް ފަދަ ކަންކަން ހިމެނެ އެވެ. ހަމަމިއާ އެކު އެވަކާޑޯ އަކީ ހަކަތަ އިތުރުކޮށް ދިނުމާ އެކު ބަރުދަން ލުއިކޮށް ދިނުމާއި އިސްތަށުގަނޑު ދުޅަހެޔޮކޮށް ދިނުން ފަދަ ކަންކަމަށް މަގުފަހިކޮށްދޭ މޭވާއެކެވެ.
އެވަކާޑޯ އަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުމާއި ޑިޕްރެޝަންގެ އުނދަގޫތަކުން ސަލާމަތްކޮށް ދިނުމާއި ކެންސަރާ ދެކޮޅަށް ވެސް މަސައްކަތްކޮށްދޭ އެއްޗެކެވެ. އެވަކާޑޯ ބޭނުން ކުރާ ނަމަ ލޮލަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ވެސް ކުޑަކޮށްދޭނެ އެވެ. އޭގައި އެކުލެވޭ ލުޓީން އާއި ޒީޒަންތިންގެ ސަބަބުން އިރުގެ ގަދަ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުންތައް ވެސް ކުޑަކޮށްދޭނެ އެވެ.
އާންމުކޮށް އެވަކާޑޯ ބޭނުންކުރާ، އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް ވެސް ކުޑަކޮށްދެ އެވެ. އޭގެ ތެރޭގައި ގައިގެ މަސްތަކާއި ކަށިތަކުގައި ރިހުން ފަދަ ކަންކަން ހިމެނެ އެވެ،
ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު އެވަކާޑޯ ބޭނުން ކުރުމުން މާބަނޑު ދުވަސްވަރު ދި،މާވާ އެކިއެކި ސިއްހީ މައްސަލަތައް ވެސް ކުޑަކޮށްދެ އެވެ. އޭގެ ތެރޭގައި ބައިގެންދިއުމާއި ނިއުރަލް ޓިއުބް ޑިފެކްޓްސް ހިމެނެ އެވެ.
* ތާޒާކޮށް ކެވިދާނެ، ޖޫސް/ސުމޫތީ އަށް ބޭނުންކުރެވިދާނެ، ޓޯސްޓްގައި ބަޓަރުގެ ބަދަލުގައި ބޭނުންކޮށްލެވިދާނެ އަދި ސެލަޑް ހަދަން ވެސް ބޭނުން ކުރެވިދާނެ
* ތުއްތު ކުދިންނަށް ފުރަތަމަ ކާންދޭން ފަށާ ދުވަސްވަރު ވެސް އެވަކާޑޯ އަކީ މޭޝްކޮށްފައި ދޭން ވަރަށް ރަނގަޅު އެއްޗެއް
ޑްރެގަން ފުރުޓުން ވެސް އެތައް ފައިދާއެއް
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް
ވަސް މީރު، ރަހަ މީރު އަދި ފައިދާތައް ގިނަ އަލަނާސި
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ބީޓްރޫޓަކީ ހަކަތަ އިތުރުކޮށްދޭނެ އެއްޗެއް
ކަށިތައް ވަރުގަދަކުރަން ކިއުކަމްބާ
ފޭރު ޖޫހަކީ ހާސްކަމާ ދުރުކޮށްދޭ އެއްޗެއް
ކޮލެސްޓްރޯލާ ދެކޮޅަށް ކެޝޫ ނަޓްސް