Roadha Mihaaru
ބޯންގެ ރޯލަށް އެނބުރި އައީ ފޭނުންނަށްޓަކައި: ޑޭމަން

ބޯންގެ ރޯލަށް އެނބުރި އައީ ފޭނުންނަށްޓަކައި: ޑޭމަން

06 ޖުލައި 2016

މަޝްހޫރު ޖާސޫސީ ސިލްސިލާ ބޯންގެ ފަސް ވަނަ ފިލްމުގައި ޖޭސަން ބޯންގެ ރޯލު ކުޅެން އޭނާ އެއްބަސްވީ އެ ފިލްމުގެ ފޭނުންނަށްޓަކައި ކަމަށް މެޓް ޑޭމަން ބުނެފި އެވެ.

މަޝްހޫރު ޖާސޫސީ ސިލްސިލާ ބޯންގެ ފަސް ވަނަ ފިލްމުގައި ޖޭސަން ބޯންގެ ރޯލު ކުޅެން އޭނާ އެއްބަސްވީ އެ ފިލްމުގެ ފޭނުންނަށްޓަކައި ކަމަށް މެޓް ޑޭމަން ބުނެފި އެވެ.

ޖާސޫސީ ވާހަކަތައް ލިއުމުގައި އެންމެ މަޝްހޫރު އެއް ލިޔުންތެރިޔާ ރޮބަޓް ލުޑްލަމް އުފެއްދި ކަރެކްޓާއެއްގެ މައްޗަށް ކުޅެން ފެށި ބޯން ފިލްމުތަކުގެ ކުންނު ވަރުގަދަ ވެފައި އެކްޝަންތައް މޮޅުކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބައެއްގެ ލޯބި އެ ސިލްސިލާ އަށް ލިބިފައިވެ އެވެ.

ބޯންގެ ފަސް ވަނަ ފިލްމު "ޖޭސަން ބޯން" ސިނަމާތަކަށް އަންނާނީ މި މަހު ފަހުކޮޅު އެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ ޑައިރެކްޓަރަކީ އޭގެ ދެ ވަނަ އަދި ތިން ވަނަ ބައިގެ ވެސް ޑައިރެކްޓަރު ޕޯލް ގްރީންގްރާސް އެވެ.

"މަގުމަތިން ދިމާވެގެން ފޭނުން އައިސް އެބަ އަހާ ކަލޭމެން އަލުން އޭގެ ފިލްމެއް ހަދާނަންހޭ،" ޑޭމަން ބުންޏެވެ.

"އެއީ ކިހާ ބޮޑު ހަދިޔާއެއްކަން އެނގޭހާ ދުވަހު އަހަންނަށް މި ދާއިރާގައި މަސައްކަތް ކުރެވިއްޖެ. އެކަހަލަ އޯޑިއަންސެއް އޮތުމާއި ހަގީގަތުގައި ވެސް އެހާ ބޭނުންވެގެން އެ މީހުން އުޅޭ އެއްޗެއް ނުވާނެ އާދައިގެ ގޮތަކަށް ނަގައިގެންނެއް."

ފިލްމު "ޖޭސަން ބޯން"ގެ ތެޅުމުގެ މަންޒަރަކަށް ބަތަލް މެޓް ޑޭމަން ތައްޔާރުވެގެން: މި ސިލްސިލާގެ ކުރީގެ ހަތަރު ފިލްމަށް ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވޭ

ފިލްމު "ޖޭސަން ބޯން"ގެ ތެޅުމުގެ މަންޒަރަކަށް ބަތަލް މެޓް ޑޭމަން ތައްޔާރުވެގެން: މި ސިލްސިލާގެ ކުރީގެ ހަތަރު ފިލްމަށް ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވޭ

ސިލްސިލާގެ ތިން ވަނަ ބައި "ބޯން އަލްޓިމޭޓަމް" އަށް ފަހު ޑޭމަން ބުނެފައި ވަނީ އަލުން އެ ސިލްސިލާގެ ތެރެއަށް އޭނާ އައުމުގައި އޮތީ "ސުން ފުރުސަތެއް" ކަމަށެވެ. އެގޮތުން ހަތަރު ވަނަ ބައި "ބޯން ލެގަސީ" ގައި ޑޭމަންގެ ރޯލެއް ނެތެވެ. އަދި އިސް ކަރެކްޓާ، ޖޭސަން ބޯންގެ ބަދަލުގައި އެ ފިލްމުން ފެނުނީ އެހެން ކެރެކްޓާއެކެވެ.

އުމުރުން މިހާރު 45 އަހަރުގެ ޑޭމަން ބުނި ގޮތުގައި އެވަރުގެ އެކްޝަން ފިލްމެއްގައި އުޅެވޭ ވަރަށް ވުރެ އޭނާގެ އުމުރު ދޮއްޓެވެ. އެކަމަކު ބެޓްމޭން ވާސަސް ސްޕަމޭންގައި އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބެން އެފްލެކް ކުޅުނު ބައިގެ ސަބަބުން އޭނާ އަށް ހިތްވަރު ލިބުނު ކަމަށް ޑޭމަން ބުންޏެވެ.

ބޯންގެ ފުރަތަމަ ފިލްމު "ދަ ބޯން އައިޑެންޓިޓީ" 2002 ގައި ކުޅުނު އިރު އޭނާގެ އުމުރަކީ 29 އަހަރެވެ.

މިހާތަނަށް ނެރުނު ހަތަރު ފިލްމު ސިނަމާތަކުގައި ދައްކައިގެން 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ބޯންގެ ފަހު ފިލްމުގެ އިންތިޒާރުގައި އެތައް މިލިއަން ބަޔަކު އެބަ ތިއްބެވެ،