Roadha Mihaaru
ނޯލަންގެ އާ ފިލްމުގެ ކާސްޓަށް ޑޭމަން އާއި ޑައުނީ

ނޯލަންގެ އާ ފިލްމުގެ ކާސްޓަށް ޑޭމަން އާއި ޑައުނީ

04 ނޮވެމްބަރ 2021

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާގެ ވާހަކަ ކިޔައިދޭން ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ހަދަން ނިންމާފައިވާ ބައޮގްރަފިކަލް ވޯ ޑްރާމާ އަށް މެޓް ޑޭމަން އާއި ރޮބަޓް ޑައުނީ ޖޫނިއާ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާގެ ވާހަކަ ކިޔައިދޭން ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ހަދަން ނިންމާފައިވާ ބައޮގްރަފިކަލް ވޯ ޑްރާމާ އަށް މެޓް ޑޭމަން އާއި ރޮބަޓް ޑައުނީ ޖޫނިއާ ސޮއިކޮށްފި އެވެ.

ދެވަނަ ބޮޑު ހަނގުރާމައާ ވެސް ގުޅުވައިގެން ގެނެސްދޭ ފިލްމަށް މަޝްހޫރު ދެ ތަރިން ސޮއިކުރި ކަމަށް ވެރައިޓީން ރިޕޯޓްކުރި ނަމަވެސް "އޯޕަންހައިމާ" ގެ ނަމުގައި ހަދާ ފިލްމުގައި ދެ އެކްޓަރުން ކުޅޭނެ ކެރެކްޓާތަކަކީ ކޮބައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ނަމަވެސް ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ޑޭމަން ކުޅެން ހަމަޖެހިފައި ވަނީ އެޓޮމިކް ރިސާޗް މަސައްކަތަށް އިސްނެގި މެންހަޓަން ޕްރޮޖެކްޓްގެ ޑިރެކްޓަރު ލެފްޓިނަންޓް ޖެނެރަލް ލެޒްލީ ގްރޯވްގެ ރޯލެވެ. އަދި ޑައުނީގެ ރޯލަކީ އެޓޮމިކް އެނަޖީ ކޮމިޝަންގެ ޗެއާމަން ލުވިސް ސްޓްރޯސްގެ ކެރެކްޓާ އެވެ.

ފިލްމުގައި އޯޕެންހީމާގެ ރޯލު ކިލިއަން މާފީ ކުޅެން ހަމަޖެހިފައިވާ އިރު، އަންހެނުން ކެތެރީން އޯޕެންހީމާގެ ރޯލަށް ނަގާފައި ވަނީ އެމިލީ ބްލަންޓެވެ. "އޯޕަންހައިމާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ނޯލަން އާއި އަންހެނުން/ކްރިއޭޓިވް ޕާޓްނަރު އެމާ ތޯމަސް ގުޅިގެންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "އޯޕަންހައިމާ" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ އަދި މަޝްހޫރު ސްޓޫޑިއޯ ޔުނިވާސަލް ޕިކްޗާޒް އިން ވެސް ހިއްސާވާ އެއްޗެކެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ޖުލައި 21، 2023 ގަ އެވެ.

މި ފިލްމަކީ ނޯލަންއާ އެކު ޑޭމަން އާއި ރޮބަޓް ޑައުނީ ޖޫނިއާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. ކުޅަދާނަ ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ޓެނެޓް" އެވެ.