Roadha Mihaaru

އީރާނުގެ ރޫހީ ލީޑަރަކީ މެދުއިރުމަތީގެ އާ ހިޓްލަރު: ވަލީ އަހުދު މުހައްމަދު

ރިޔާޒް (ނޮވެމްބަރު 25) - އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަކީ މެދުއިރުމަތީގެ އާ ހިޓްލަރުގެ ގޮތުގައި ސައުދީ އަރަބިއާގެ ޒުވާން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސިފަ ކުރައްވައިފި އެވެ.

އީރާނުގެ ރޫހީ ލީޑަރަކީ މެދުއިރުމަތީގެ އާ ހިޓްލަރު: މުހައްމަދު
ހަސަން އާމިރު
ހަސަން އާމިރު

25 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 25) - އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަކީ މެދުއިރުމަތީގެ އާ ހިޓްލަރުގެ ގޮތުގައި ސައުދީ އަރަބިއާގެ ޒުވާން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސިފަ ކުރައްވައިފި އެވެ.

ނިއު ޔޯކް ޓައިމްސް އަށް މުހައްމަދު ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޚާމަނައީގެ ބެއްލެވުމުގެ ދަށުން ފަތުރަމުންދާ ކަންކަމާ ޖަދަލުކޮށް ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މެދުއިރުމައްޗަށް އާ ހިޓްލަރެއް ބޭނުމެއް ނުވޭ. ޔޫރަޕަށްވީ ގޮތް މެދުއިރުމައްޗަށް ވާކަން ނޭދެން،" ސައުދީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މުހައްމަދު ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އާއި އީރާނުން މިހާރު ވެސް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ އިރު ވަލީ އަހުދުގެ ބަސްފުޅުތަކާ ގުޅިގެން އީރާނުގެ ބަސްމަގު ވެސް ހަރުކަށި ވާނެ އެވެ.

ޔަމަނުގެ ހަނގުރާމައިގައި ހޫތީންނާ ދެކޮޅަށް ސައުދީން ހަމަލާ ދޭ އިރު އީރާނުގެ މަދަދު އޮތީ ޝިއައީ ހޫތީންނަށް ކަމަށް ސައުދީން ތުހުމަތު ކުރެ އެވެ. އަދި ލުބުނާނުގެ ޝިއައީ ހިޒްބުﷲ ޖަމާއަތަށް ވެސް އީރާނުން މަދަދު ފޯރުކޮށްދޭ ކަމަށް ސައުދީން ބުނެ އެވެ.