26 ނޮވެމްބަރ 2017
ގާހިރާ (ނޮވެމްބަރު 26) - މިސްރުގެ ސައިނާއީ ޕްރޮވިންސްގެ މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހު ބޮން ގޮއްވި މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ގެންގުޅުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގާހިރާ (ނޮވެމްބަރު 26) - މިސްރުގެ ސައިނާއީ ޕްރޮވިންސްގެ މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހު ބޮން ގޮއްވި މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ގެންގުޅުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.
ހުކުރަށް މީހުން ޖަމާވެފައި ވަނިކޮށް ބީރް އަލް އާބިދު ޓައުނުގެ އަލް ރައުދާ މިސްކިތުގައި ބޮން ގޮއްވާ އަދި ފަހުން ބަޑިން ދިން ހަމަލާގައި ވަނީ 305 މީހުން މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ ހަމަލާގައި 30 މީހުން ބައިވެރި ކަމަށެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ ހަމަލާ ދިން މީހުންގެ ކިބައިން ވަރުގަދަ އަށް ބަދަލު ހިފާނެ ކަމަށް ވިދާޅުވެފަ އެވެ. މިސްރު ސިފައިން ބުނެފައި ވަނީ ޓެރަރިސްޓުން ތިބި ތަންތަނަށް މިހާރު ވެސް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.
މިސްކިތަށް ހަމަލާ ދިނުމަށް ފަހު ކައިރީގައިވާ އުޅަނދުތައް ވެސް ވަނީ އަންދާލާފައި. --ފޮޓޯ:އޭއެފްޕީ
ސައިނާއީ ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް މިސްރު ސިފައިން ހަމަލާދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ސައިނާއީގައި ދިން ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ އައިއެސްއާ ގުޅިފައިވާ ޖަމާއަތްތަކެވެ. ސައިނާއީގައި ހަމަލާތައް ދިނުން އިތުރުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލި ފަހުންނެވެ.
ހަމަލާ ދިން މީހުން މިސްކިތުން ބޭރަށް ނުކުމެ ވަނީ ކައިރީގައިވާ ވެހިކަލްތަކުގައި އަލިފާން ޖަހައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި 30 ކުޑަ ކުދިން ވެސް ހިމެނެ އެވެ.
މިސްކިތަށް ދިން ހަމަލާގެ ބަދަލު ވަރަށް ހިތިވާނެ: ސީސީ
މިސްރުގެ ސައިނާއީގެ މިސްކިތަކަށް ހަމަލާދީ 235 މީހުން މަރާލައިފި
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި
ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މަރު
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި
ތަހުގީގު ޓީމުގެ ވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ