Roadha Mihaaru
ޖަޕާންގެ އިންވެސްޓަމަންޓް އިތުރުކުރަން މަޝްވަރާކޮށްފި

ޖަޕާންގެ އިންވެސްޓަމަންޓް އިތުރު ކުރަން ރައީސް ޔާމީނާ މަޝްވަރާކޮށްފި

26 ނޮވެމްބަރ 2017

ޖަޕާންގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ އަދަދު އިތުރު ކުރުމަށާއި އެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމެންޓް ރާއްޖޭގައި އިތުރު ކުރުމަށް ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީ، ރައީސް އަބްދުﷲ ޔާމީންއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަޕާންގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ އަދަދު އިތުރު ކުރުމަށާއި އެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމެންޓް ރާއްޖޭގައި އިތުރު ކުރުމަށް ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީ، ރައީސް އަބްދުﷲ ޔާމީންއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީނާއެކު، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް ބޭއްވި ބައްދަލު ކުރެއްވުމުގައި، ދުނިޔެ އިން ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަސްވެރިކަން ތަރައްގީ ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާއިންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ދާއިރާ އިން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެެއާޒް އައިވާއޯ ހޯރީއާ މިއަދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެެއާޒް އައިވާއޯ ހޯރީއާ މިއަދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އުމްރާނީ ތަރައްގީ ހާސިލް ކުރެވޭނެ ދާއިރާތަކުގެ މައްޗަށް ރައީސް ޔާމީނާއި ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ރާއްޖެ ހާސިލް ކުރަމުން އަންނަ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީ އަށް ޖަޕާނުން ދޭ އަހައްމިއްޔަތަށާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ދެ ގައުއުމުގެ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން، ޖަޕާނުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

ރައީސް ޔާމީނާއެކު ބޭއްވެވި ބައްދަލުވުމުގައި، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީއާ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ލިޔުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއެކު ބޭއްވެވި ބައްދަލުވުމުގައި، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީއާ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ލިޔުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި ޖަޕާނުގެ ވައިސް މިނިސްޓަރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ތަހުނިއްޔާ އާއި ހެޔޮއެދުންތައް ރައީސް ޔާމީނަށް ރައްދުކޮށް ދެއްވައިފަ އެވެ. އަދި އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައި ގެންނެވީތީ އެކަމާ ފަހުރުވެރިވާ ކަމުގައި ވިދާޅުވި އެވެ.