ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ރޭގައި ބުނެފި އެވެ.
10 މާޗް 2017
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ރޭގައި ބުނެފި އެވެ.
ފ. އަތޮޅުގެ މައްސަލާގައި ސައޫދީން ބަޔާނެއް މި ނެރުނީ އެ ގައުމުގެ ޝާހީ އާއިލާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ދިގު މުއްދަތަކަށް ވިއްކާލަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމުގެ ތުހުމަތުތައް ކުރަމުން ދަނިކޮށެވެ. ސައުދީ ސަރުކާރަށް ނިސްބަތްވާގޮތަށް މީޑީއާ ރިޕޯޓްތަކާއި އެހެން ގޮތްގޮތުން ކުރަމުން ދިޔަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސައޫދީގެ އެމްބަސީގެ ބަޔާނުގައި ބުންޏެވެ.
އެމްބަސީން ބުނީ ސައޫދީ ސަރުކާރުން ރާއްޖޭގެ ބިމެއް ގަންނަން އުޅޭ ކަމަށް ހަގީގަތެއް ނެތް ވާހަކަތައް ފެތުރިއިރު އެމްބަސީން އެކަމުގެ ހަގީގަތް ސާފުކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކުރަން ސައުދީ ސަރުކާރުން ނޫޅޭ ކަމަށް އެ ބަޔާނުގައި ބުނެފައިވީ ނަމަވެސް ފ. އަތޮޅުގައި ބިޔަ މަޝްރޫއެއް ހިންގަން ނިންމައި އެކަމުގެ މަޝްވަރާތައް ސައޫދީ އަރަބިއްޔާ އެކު ހިނގަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެ މަޝްރޫއާ އެކު ދުނިޔޭގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ ޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދަނީ ކޮން ބަޔަކާ އެކު ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހެ އެވެ. އެ ތަފްސީލުތައް ހާމަކުރާނީ، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބުން ކަމަށް ވިދާޅުވި އެވެ.
"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގައި އެއް އެސްޓިމޭޓަކަށް ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ." ފ. އަތޮޅުގައި ހިންގާ މަޝްރޫއާ ބެހޭ ގިނަ މައުލޫމާތުތަކެއް ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން "ހީނުކުރާ މިންވަރަށް" ފ. އަތޮޅު ތަރައްގީ ވާނެ ކަމަށެވެ. އޭގެ ނަފާ ލިބެން އޮތީ ހަމައެކަނި އެ އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ
"ފ. އަތޮޅު ވިއްކައެއް ނުލާނެ، އެއީ ސުވާލެއް ނޫން"
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީގެ ގަރާރެއް
ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި
ތަރައްގީ ގެނައުމުގައި ގާނޫނީ ޗާޓުން ބޭރެއް ނުވާނެ
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ފ. އަތޮޅުން މީހުނެއް ނުބާލާނެ: ޚަލީލު