Roadha Mihaaru
އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި

30 ނޮވެމްބަރ 2017

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް އިއްޔެ ތައާރަފްކޮށްފި އެވެ.

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް އިއްޔެ ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ އެ ރަށަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމާ ގުޅިގެން އަންނަ މަހުގެ 31ގެ ކުރިން އެ ހިދުމަތް ހޯދާ ފަރާތްތަކަށް، ފުރަތަމަ ތިން މަހުގެ މަހުފީން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

"ޒަމާނީ ތަރައްގީއާ ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއެކު އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން. މިގޮތުން ކުޅުދުއްފުށީގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫން ހދ. ކުޅުދުއްފުއްޓަށް ސުޕަނެޓް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވާހަކަދައްކަަވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ހދ. ކުޅުދުއްފުއްޓަށް ސުޕަނެޓް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވާހަކަދައްކަަވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ބުނީ އެ ކުންފުނީގެ ސުޕަނެޓް ކުޅުދުއްފުށީގައި ތައާރަފްކޮށްފައި ވަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ތަފާތު ޕެކޭޖުތަކާއެކު ކަމަށެވެ. އެގޮތުން ކުޅުދުއްފުށިން ސުޕަނެޓުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް ލިބޭނީ މާކެޓުގެ އެންމެ ރަނގަޅު އަގުތަކުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ރަށަށް ސުޕަނެޓް ނެޓްވަކް ފުޅާކޮށްދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗާ ޕަޓްނަރަކީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އެވެ.

އުރީދޫން ވަނީ ސުޕަނެޓް ހިދުމަތް ހޯދުން އިތުރަށް ފަސޭހަ ކޮށްދިނުމަށް، ސުޕަނެޓް ރައުޓަރެއް ގަތުމަށް އެއް އަހަރުގެ ހާއްސަ އިންޓަނެޓް ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ.