އުރީދޫއިން ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ "ފަން ރަން"ގެ އެޑިޝަނަށް ރަޖިސްޓާވުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
13 އެޕްރީލް 2023
އުރީދޫއިން ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ "ފަން ރަން"ގެ އެޑިޝަނަށް ރަޖިސްޓާވުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
އެ ދުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. ދުވުމަށް ރަޖިސްޓްރީ ކުރެވޭނީ މިރޭ 11:59 އާ ހަމައަށެވެ.
"ފަން ރަން"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން، މި ހަރަކާތްތައް ކަނޑައަޅާފައިވާ ދެ ކިޓުގެ ތެރެއިން އެއް ކިޓު ގަންނަން ޖެހޭނެ އެވެ. އެ ދެ ކިޓަކީ 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓާއި 200ރ. ގެ ފަން ކިޓެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓް ބޭންޑް ހިމެނޭނެ އެވެ. ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބެންޑެނާއެއް ހިމެނޭނެ އެވެ.
"ފަން ރަން"ގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށެވެ. މިއީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ ވަކި ވަގުތަކަށް ނިންމަން ނުޖެހޭ އާއްމުކޮށް ނުދުވާ ފަރާތްތަކަށް ވެސް ފަސޭހައިން ނިންމާލެވޭނެ ދުވުމެކެވެ.
މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުން ޕްރޮމޯޓުކުރުމަށާއި އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވަމުންދާ ދުވުމެކެވެ. ދުވުމުގެ ތެރާގައި މަޖާ ގިނަ ހަރަކާތްތަކަކާއި ކުލަ ޖެހުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ އެވެ.
"ފަން ރަން" އަކީ އުރީދޫން މީގެ ކުރިން ބާއްވަމުން ދިޔަ "ކަލާ ރަން" އަޕްގްރޭޑުކޮށް މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެވެ. މި ދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން"ގައި 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ތިން ރަށެއްގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް
އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް
ރާއްޖޭގެ 80 ޕަސެންޓަށް އުރީދޫ 5ޖީ ހިދުމަތް ދެނީ
އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ
އުރީދޫން ހުޅުމާލޭ ބޮޑުމިސްކިތް އޭސީކޮށް، މަރާމާތުކޮށްފި
"ކަރާ ފަޅައިގެން" އުރީދޫން އަގުހުރި އިނާމުތަކެއް
އުރީދޫގެ ނޭޝަން ގޭމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 9 ގައި
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި
ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް