Roadha Mihaaru
ޓީޗިން ޓިއުބަށް 13 ސްކޫލް ކެޕްޓަނުން

ޓީޗިން ޓިއުބްގެ އެންބެސެޑަރުންގެ ގޮތުގައި 13 ސްކޫލް ކެޕްޓަނުން ހަމަޖައްސައިފި

02 ޑިސެމްބަރ 2017

އޯލެވެލް އާއި އޭލެވެލް ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓިއުޝަނުގެ ބަދަލުގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އައިލެންޑާސް އިން ތައާރަފް ކޮށްފައިވާ ވެބްސައިޓް، ޓީޗިން ޓިއުބްގެ އެންބެސެޑަރުން ހަމަޖައްސައިފި އެވެ.

އޯލެވެލް އާއި އޭލެވެލް ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓިއުޝަނުގެ ބަދަލުގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އައިލެންޑާސް އިން ތައާރަފް ކޮށްފައިވާ ވެބްސައިޓް، ޓީޗިން ޓިއުބްގެ އެންބެސެޑަރުން ހަމަޖައްސައިފި އެވެ.

އައިލެންޑާސް އިން ބުނީ، ޓީޗިން ޓިއުބުގެ އެންބެސެޑަރުންނަށް ހަމަޖައްސާފައިވަނީ މާލޭގެ އަށް ސްކޫލެއްގެ ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހިމެނޭ ގޮތަށް 13 ކުދިން ކަމަށެވެ. އަދި އެ ކުދިންނަކީ މި އަހަރު އޯލެވެލް އިމްތިހާނު ފުރިހަމަ ކުރި ކުދިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑާސް އިން ބުނިގޮތުގައި އެންބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ކުދިން ގޭގެއަށް ގޮސް، ޓީޗިން ޓިއުބްގެ ތަޖުރިބާތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭނެ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ބިލަބޮންގް ހައި ސްކޫލް ހިންގަމުން އަންނަ އައިލެންޑާސްގެ ޓީޗިން ޓިއުބަކީ މިހާރު ރާއްޖޭގެ އިތުރުން ބޭރުގެ އެތައް ހާސް ދަރިވަރުންތަކެއް ވެސް ބޭނުންކުރާ ވެބްސައިޓެކެވެ.

އަބަދުވެސް ކޮންޓެންޓް އާކުރަމުން އަންނަ ޓީޗިން ޓިއުބުން ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ވެސް ޓިއުޝަން ކުލާސްތައް ނަގައިދީފަ އެވެ. އެގޮތުން އެ ކުލާސްތައް ކުރިއަށް ގެންދިޔައީ ހުރިހާ ކުދިންނަށް ވެސް ހުޅުވާލެވިގެން، ހިލޭ ބައިވެރިވެވޭ ގޮތަށެވެ.