Roadha Mihaaru
ޒުވާނުން މަސައްކަތްތަކަށް ތައްޔާރު ކުރަން އެއްބަސްވެއްޖެ

ޒުވާނުން މަސައްކަތްތަކަށް ތައްޔާރު ކުރުމަށް އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީން އެއްބަސްވެއްޖެ

07 މެއި 2018

ޒުވާނުން މަސައްކަތްތަކަށް ތައްޔާރު ކުރުމަށް، އައިލެންޑާސް ގްރޫގެ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެކަޑަމީއާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރީ އައިލެންޑާސްގެ ޗެއާމަން އަބްދުއް ރަޝީދު އާއި އެމްއޭއެޗްއާރުޕީގެ ރައީސް ހުސެއިން އަފީފް އެވެ.

ސޮއި ކުރެއްވުމަށް ފަހު އަބްދުއް ރަޝީދު ވިދާޅުވީ، މި އެއްބަސްވުމުވެ ދަށުން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ދެ ފަރާތުން ގުޅިގެން "ހިއުމަން ކެޕިޓަލް" ތަރައްގީ ކުރުމަށް ތަފާތު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީގެ އިސް ވެރިން.-- ފޮޓޯ: މިހާރު

މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑާސް އާއި އެމްއޭއެޗްއާރުޕީގެ އިސް ވެރިން.-- ފޮޓޯ: މިހާރު

އަފީފް ވިދާޅުވީ މި އެއްބަސްވުމާ އެކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސްކޫލް ނިންމާފަ ކުރިއަށް ދާނެ ދާއިރާތައް ކަނޑައެޅުމުގައި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ މީގެ ސަބަބުން ދެ ފަރާތަށް ވެސް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް،" އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިލެންޑާސް އިން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން ތައުލީމީ އަދި ޔޫތު ޑިވެލޮޕްމަންޓަށް އިތުރު ކުރިއެރުންތައް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.