Roadha Mihaaru
މިރޭ މޮރީނިއޯއަށް ބަސް ޕާކެއް ނުކުރެވޭނެ: ވެންގާ

ބަސް ޕާކު ކޮށްގެން މޮރީނިއޯއަކަށް މިރޭ ނުކުޅެވޭނެ: ވެންގާ

02 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 2) - ރަށުން ބޭރުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ޑިފެންސިވް ކުޅުމަކަށް އިސްކަންދީގެން "ބަސް ޕާކުކޮށްގެން" ކުޅޭ ގޮތަށް މިރޭ އާސެނަލާ ދެކޮޅަށް ނުކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ލަންޑަން (ޑިސެމްބަރު 2) - ރަށުން ބޭރުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ޑިފެންސިވް ކުޅުމަކަށް އިސްކަންދީގެން "ބަސް ޕާކުކޮށްގެން" ކުޅޭ ގޮތަށް މިރޭ އާސެނަލާ ދެކޮޅަށް ނުކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން ގާތް ކުރުމަށް މިރޭގެ މެޗުން އާސެނަލް ބަލިކުރުން ޔުނައިޓެޑަށް އޮތީ މުހިއްމުވެފަ އެވެ. އެއް ވަނައިގައި އޮތް ސިޓީ މާދަމާރޭ ކުޅޭއިރު މިރޭގެ މެޗުން މޮޅުވެގެން ސިޓީއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.

ސިޓީ އަށް 14 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑްގެ އޮތީ 14 މެޗުން 32 ޕޮއިންޓެވެ. އާސެނަލަށް 14 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ މޮޅުވެއްޖެ ނަމަ ލީގުގެ ދެ ވަނައިގައި އޮތް ޔުނައިޓެޑާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ އަހަރު މޮރީނިއޯ ހަވާލުވި ފަހުން ޕްރިމިއާ ލީގުގެ ވަރުގަދަ ހަ ޓީމާ ދެކޮޅަށް ރަށުން ބޭރުގައި މޮޅެއް ހޯދިފައެއްނުވެ އެވެ. ޗެލްސީ، ސިޓީ، އާސެނަލް، ޓޮޓެންހަމް އަދި ލިވަޕޫލާ ދެކޮޅަށް ރަށުންބޭރުގައި ނުކުތް ހަތް މެޗުން މިހާތަނަށް ތިން ޕޮއިންޓް ލިބުނުއިރު ޖެހުނީ އެއް ގޯލެވެ.

މިދިޔަ ސީޒަނުގައި އާސެނަލް ދަނޑުގައި ޔުނައިޓެޑް ބަލިވީ 2-0 އިންނެވެ. ވެންގާ ބުނީ މިރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަކި ހާްއްސަ ކަމެއް ފެންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

"ވަކި ހާއްސަކަމެއް ފެންނާނެ ކަމަކަށް ނުދެކެން. މޮރީނިއޯގެ ޑިފެންސިވް ޓެކްޓިކްސްއެއް އޭނާ އާސެނަލާ ދެކޮޅަކަށް ނުގެންގުޅޭ. އެހެންވުމުން ބާސް ޕާކް ކޮށްގެން ކުޅޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. ޔުނައިޓެޑަކީ ވަރުގަދަ ޓީމެއް. އަހަރެން އުއްމީދުކުރަނީ އެޓޭކިން ގޭމަަކަށް،" ވެންގާ ބުންޏެވެ.

ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި ވުމަކީ ވެންގާ އަށް އޮތް ހިތްހަމަ ޖެހުމެކެވެ. އެހެން ނަމަވެސް އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އެ ކްލަބާ ރެކޯޑް އަގަކަށް ގުޅުމަށް ފަހު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލެކްސަންޑަ ލަކަޒޭ އަށް އަނިޔާވުމުގެ ސަަބަބުން މިރޭގެ މެޗުގައި ނުކުޅެވުމެވެ.

އާސެނަލް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 12 މެޗުން މޮޅުވެފައިވިޔަސް މިރޭގެ މެޗަށް ޔުނައިޓެޑުން ނުކުންނާނީ މޮޅުވާން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"އަހަރެމެން އަތުގައި ބޯޅަ އޮންނައިރު 11 ކުޅުންތެރިން ވެސް އެޓޭކް ކުރާނެ. ގޯލްކީޕަރު ވެސް އެޓޭކުގައި ބައިވެރިވާނެ. އަހަރެން ހަނދާނުގައި ހުރޭ ޕްރިމިއާ ލީގަށް އައުމުގެ ކުރިން ވެސް އާސެނަލާއި ޔުނައިޓެޑް ކުޅުނު ބޮޑު މެޗުތައް. އެއީ މުޅިން ތަށްޓަށް ވާދަކުރަން ކުޅެފައި ހުރި މެޗުތައް،" މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗަށް ޔުނައިޓެޑުން ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އަނިޔާގެ ސަބަބުން ނިމެންޏާ މަޓިޗް އަށް ނުކުޅެވުމެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.